Election Commission of Maldives


ތ.ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު އިޢުލާންކުރުން

19 ޖޫން 2022, 12:00 އިއުލާން

      (IUL)38-CA/38/2022/179  : ނަންބަރު

އިޢުލާން

ތ.ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

2022 ޖުލައި 23 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ތ.ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު، ޤާނޫނު ނަންބަރު: 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 14 ވަނަ މާއްދާ އާއި ގަވާއިދު ނަންބަރު: 2020/R-7 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކެންޑިޑޭޓުންގެ ނަންތައް ޢާންމުކޮށް އިޢުލާން ކުރަމެވެ.

N7

ތ.ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

ލޯގޯ

ކެންޑިޑޭޓް ނަންބަރު 1

ޚަދީޖާ މުޙައްމަދު، މުސްކާން، ތ.ވަންދޫ، މޯލްޑިވްސް ނެޝަނަލް ޕާޓީ

ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: މުސްކާން، ތ.ވަންދޫ،

 

ކެންޑިޑޭޓް ނަންބަރު 2

ޝިރުމީނާ ޢަލީ، ފަހާގެ، ތ.ވަންދޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ގުލްޝަނީގެ. ތ.ވަންދޫ

 

 

 

19 ޖޫން 2022