Election Commission of Maldives


އައްޑޫ ސިޓީ ހިތަދޫ ދާއިރާ، ރ. އިންނަމާދޫ އަދި ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓުކުރުމާއި މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

13th ޖޫން 2022, 04:00 އިއުލާން
 

 (IUL)38-CB/38/2022/171 :  ނަންބަރު

އިޢުލާން

އައްޑޫ ސިޓީ ހިތަދޫ ދާއިރާ، ރ. އިންނަމާދޫ އަދި ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން 

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓުކުރުމާއި މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 2022 ޖުލައި 23 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީ ހިތަދޫ ދާއިރާ، ރ. އިންނަމާދޫ އަދި ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކަށް ބަލައި، ގެނެވުނު ބަދަލުތައް ޢާންމު ކޮށްފީމެވެ. މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު(http://www.gazette.gov.mv)  އާއި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ވަނީ ޢާންމު ކުރެވިފައެވެ.

 މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ 2022 ޖޫން 13 ވާ ހޯމަ ދުވަހު ހެނދުނު 10:00 އިން ފެށިގެން 2022 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ނިޔަލަށެވެ.

 ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމުގައި ދެންނެވީމެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް މި ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ،  [email protected] އަށް ފޯމު ފޮނުވައިގެންނެވެ.

 މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

13 ޖޫން 2022