Election Commission of Maldives


ސިޔާސީ ޕާޓިތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތްތަކުގެ ފޯމު ދަފްތަރުގައި ޖެއްސުމުގެ ކުރިން ޝަކުވާއަށް ހުޅުވާލުން

13th ޖޫން 2022, 12:00 އިއުލާން

ނަންބަރ(IUL)38-CB/38/2022/170 :

އިޢުލާން

ސިޔާސީ ޕާޓިތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތްތަކުގެ ފޯމު ދަފްތަރުގައި ޖެއްސުމުގެ ކުރިން ޝަކުވާއަށް ހުޅުވާލުން

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތް ތަކުގެ ފޯމު ދަފްތަރު ކުރުމުގެ ކުރިން، ކޮމިޝަނަށް ހުށަހެޅިފައިވާ ފޯމުތަކަކީ ޞައްޙަ ފޯމުކަމުގައި ކަށަވަރު ކުރުމަށްޓަކައި މިކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ފޯމުގައިވާ މަޢުލޫމާތުގެ ތެރެއިން އެފަރާތުގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދާއި ދަފްތަރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޕާޓީގެ ނަން ހިމެނޭގޮތަށް ޝަކުވާއަށް އާންމުކޮށް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކޮށް އިޢުލާން ކުރީމެވެ. އަދި ފޯމުގައި ދަފްތަރުވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ  މޯބައިލް ނަންބަރަށް މެސެޖެއްވެސް ވާނީ ފޮނުވިފައި އެވެ.

12 ޖޫން 2022 ވާ އާދިއްތަ ދުވަހު އާންމު ކުރެވިފައިވާ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް 19 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 3:00 ގެ ކުރީން އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހެޅުމަށް ނުވަތަ ކޮމިޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މި އިޢުލާން އާއި އެކު ޝާއިއު ކުރެވިފައިވާ ލިސްޓުގައި ހިމެނިފައިވާ ފޯމުތަކުގެ އަދަދު ތަކަކީ:

 

- ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ 10 ފޯމު

- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ) ގެ 1 ފޯމު

- މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) ގެ 221 ފޯމު

- މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) ގެ 152 ފޯމު

 

މީގެ އިތުރުން މިހާރު ރަޖިސްޓަރީވެފައިވާ ޕާޓީގެ މަޢުލޫމާތު ((PPR space ID-Number Send to 1414 އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

12 ޛުލްޤައިދާ 1443

12 ޖޫން    2022

 

 

ޝަކުވާ ފޯމު

ކޮންބައިންޑް ލިސްޓް