(IUL)38-CA/38/2022/160:ނަންބަރު
އިޢުލާން
ށ. ޅައިމަގު،ށ. ކޮމަންޑޫ،ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން
ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
2022 ޖުލައި 02 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ،އެމީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު، ގަވާއިދު ނަންބަރު ގަވާއިދު ނަންބަރު 2020/R-7 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 19 ވަނަ މާއްދާގެ (ހ) އިން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެއެވެ.
މި ގޮތުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2022 ޖޫން 05 ވާ އާދިއްތަ ދުވަހުގެ 14:00 ން ފެށިގެން،2022 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.
(ހ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވުމުންނެވެ.
(ށ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޙާބަށް ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭފަރާތްތަކުން، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ.
- ފޮޓޯ ސޭވްކޮށްފައި ހުންނަންވާނީ އެފޮޓޯގައިވާ މީހާގެ އައިޑީ ކާޑު ނަންބަރުންނެވެ.
- ކެންޑިޑޭޓުގެ މަންދޫބުންގެ ގޮތުގައި ނަން ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ހިމެނޭ އެކްސެލް ލިސްޓު
6. ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއި ކުރައްވާނަމަ ޕަވަރ އޮފް އެޓަރނީ ހަވާލުކުރެވިފައިވާ ކަމުގެ ލިޔުން
(ނ) ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންކަން
(ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދޭ ފަރާތްތަކަށް ހާއްސަ މައުލޫމާތު ސެޝަނެއް އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދާނެއެވެ. އަދި މި މަޢުލޫމާތު ސެޝަން ފުރިހަމަނުކުރާ ފަރާތްތަކަށް ފާސް ދޫނުކުރެވޭނެއެވެ.)
ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށްއެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޖޫން 05 ވާ އާދިއްތަ ދުވަހުގެ 14:00 ން ފެށިގެން، 2022 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 14:00 ނިޔަލަށްއީމެއިލް މެދުވެރިކޮށެވެ. ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް އެދޭ ފޯމު މެއިލްކުރާނީ މި ކޮމިޝަނުގެ [email protected] އީމެއިލަށެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.