Election Commission of Maldives


ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވާ ތާރީޚް ބަދަލުވުމާ ގުޅޭ

05 އޭޕްރީލް 2022, 12:00 އިއުލާން

 (IUL)38-DA/38/2022/108:ނަންބަރު

 
 

އިޢުލާން

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވާ ތާރީޚް ބަދަލުވުމާ ގުޅޭ

            14 މެއި 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވާ ދުވަހު ސިޔާސީ ޕާޓީއެއްގެ އެތެރޭގެ ބޮޑު އިންތިޚާބެއް ބާއްވަން ނިންމާފައިވާތީ މި ދުވަހު މި އިންތިޚާބު ބާއްވައިފިނަމަ އިންތިޚާބު ބޭއްވުމަށް އިދާރީގޮތުން ދަތިތަކެއް ކުރިމަތި ވެދާނެކަމަށް ކޮމިޝަނަށް ފެންނަހިނދު، ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވާ ތާރީޚް 16 މެއި 2022 ވާ ހޯމަ ދުވަހަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

             މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

05 އޭޕްރިލް 2022