Election Commission of Maldives


އިލެކްޝަންސް ކޮމިޝަނުގައި ހުރި ގިނަ ދުވަސްވެ ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

05 އޭޕްރީލް 2022, 12:00 އިއުލާން

(IUL)38-AA/38/2022/105

އިޢުލާން

އިލެކްޝަންސް ކޮމިޝަނުގައި ހުރި ގިނަ ދުވަސްވެ ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

މި ކޮމިޝަންގައި ހުރި ގިނަ ދުވަސްވެ ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން، 2022 އޭޕްރީލް 13 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ބައު ޖަމާލުއްދީން ހޯލުގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު ހިމެނޭ ކަރުދާހެއް، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެ، ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މި ކޮމިޝަނަށް ފައިސާ ދެއްކުމަށްފަހު، ތަކެތި ގެންދަވަން ވާނެއެވެ.

މި ނީލަމުގައި ބައިވެރިވުމަށް، ބޭނުންފުޅުވާ ފަރާތްތަކުން، 2022 އޭޕްރީލް 13 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ބައު ޖަމާލުއްދީން ހޯލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

05 އޭޕްރިލް 2022