(IUL)38-AD/38/2022/93 : ނަންބަރު
އިޢުލާނު
ސާވަރ ސްޕެއަރ ހާޑް ޑިސްކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މި ކޮމިޝަނުން، ސާވަރ ސްޕެއަރ ހާޑް ޑިސްކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 މާރިޗު 06 ވީ އާދީއްތަ ދުވަހު ކުރެވުނު ނަންބަރު (IUL)38-AD/38/2022/69 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަން ކޮމިޝަނުގެ ރިކުއަރމަންޓަށް ނުފެތޭތީ މި ބީލަން ބާޠިލްކޮށް، މި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ބީލަން ހުޅުވުން އޮންނާނީ 2022 އޭޕްރީލް 06 ވާ ބުދަ ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 2022 އޭޕްރީލް 05 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު
ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.