Election Commission of Maldives


ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ފ. ނިލަންދޫ އަދި ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން - ވޯޓުފޮށި ބަހައްޓާ ތަން ބަދަލުވުމާ ގުޅޭ

24 މާޗް 2022, 12:00 އިއުލާން

(IUL)38-DA/38/2022/92:ނަންބަރު

އިޢުލާން

ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ފ. ނިލަންދޫ އަދި ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

ވޯޓުފޮށި ބަހައްޓާ ތަން ބަދަލުވުމާ ގުޅޭ

2022 މާރިޗު 26 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ފ. ނިލަންދޫ އަދި ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތަށް ބަހައްޓާތަން ބަދަލު ކުރެވިފައިވާތީ، މި ވޯޓު ފޮށިތަކުގެ ނަންބަރާއި، ވޯޓު ފޮށިތަކުގެ ނަމާއި، ވޯޓު ފޮށިތައް ބަހައްޓާތަން ތިރީގައި މިދަންނަވަނީއެވެ.

ވޯޓުފޮށިބަހައްޓާރަށް/ތަން

     ވޯޓުލާސަރަހައްދު

 ވޯޓުފޮށީގެނަން 

 ވޯޓުފޮށީގެނަންބަރު 

 ކޯޑު 

   # 

 ފ. އަތޮޅު ތަޢުލީމީ މަރުކަޒު

މި ފޮށްޓަށް ވޯޓުލާނީ ފ. ނިލަންދޫ ވެޔޮދަށުމަގުގެ އިރުން، މިރުސްމާހިނގުމުގެ އުތުރުން، ގަނޑުވަރުމަގުގެ އިރުމަތީ ސަރަހައްދުގައިހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

 ފ. ނިލަންދޫ-1

L5.1 

 276 

  ޢިއްޒުއްދީން ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ޅ.ކުރެންދޫ، ފ. ނިލަންދޫ އަދި ދ. މީދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ރައްޔިތުންނެވެ.

 ބައި-އިލެކްޝަން،

 އަތޮޅު-މާލެ-1

T0.1

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޝަޢުބާން  1443
      23  މާރިޗު   2022