Election Commission of Maldives


ކޮމިޝަނަށް ބޭނުންވާ އިލެކްޓްރޯނިކް އައިޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

07 މާޗް 2022, 12:00 އިއުލާން

 

(IUL)38-AD/38/2022/71 :ނަންބަރު

އިޢުލާނު

ކޮމިޝަނަށް ބޭނުންވާ އިލެކްޓްރޯނިކް އައިޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ކޮމިޝަނަށް ބޭނުންވާ އިލެކްޓްރޯނިކް އައިޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 ފެބްރުއަރީ 23 ވީ ބުދަ ދުވަހު ކުރެވުނު ނަންބަރު (IUL)38-AD/38/2022/52 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، މި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ބީލަން ހުޅުވުން އޮންނާނީ 2022 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 2022 މާރިޗު 16 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

07 މާރިޗު 2022