Election Commission of Maldives


ވަޒީފާގެ ފުރުޞަތު، ޓްރެއިނަރ (އެމް.އެސް. 3)، ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން

06 މާޗް 2022, 12:00 އިއުލާން
 

 (IUL)38-CA/38/2022/66 :ނަންބަރު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް

ޓްރެއިނަރ (އެމް.އެސް 3)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން:

ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/7035 ރުފިޔާ  (ހަތްހާސް ތިރީސްފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/4000 ރުފިޔާ (ހަތަރުހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މަހަކު 3165/75 ރުފިޔާ (ތިންހާސް އެއްސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ހަތްދިހަ ފަސްލާރި )

ވަޒީފާގެ ބާވަތް:  

ދާއިމީ

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޢުލީމީ ރޮނގަކުން، ލެވެލް 5 ނުވަތަ 6 ގެ ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުމާއެކު، 4 އަހަރުދުވަހުގެ ހިންގުމުގެ މަސައްކަތުގެ ތަޖްރިބާ ހުރުން، ނުވަތަ،
  2. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޢުލީމީ ރޮނގަކުން، ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ ހިންގުމުގެ މަސައްކަތުގެ ތަޖްރިބާ ހުރުން، ނުވަތަ،
  3. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޢުލީމީ ރޮނގަކުން، ލެވެލް 9 ގެ ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުން. ނުވަތަ،
  4. އެމް. އެސް 2 ގެ ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ،
  5. އެމް. އެސް 1 ގެ ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާތައް؛

- އެޑިޔުކޭޝަނަލް މެނޭޖްމަންޓް

- ކަރިކިއުލަމް ޑިވެލޮޕްމަންޓް

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- އެޑިޔުކޭޝަން

- ޓްރޭނިންގ

(މަޤާމުގެ ދާއިރާކަމުގައި ބެލެވޭނީ މަތީގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ސެޓްފިކެޓްތައް)

އެހެނިހެން ޝަރުތު:

  1. އުމުރުން 18 އަހަރު ވެފައިވާ ފަރާތެއްކަމުގައި ވުން.
  2. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  3. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  5. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  6. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.

ނޯޓް: މި މަޤާމަށް މީހުން ހޮވުމުގައި ޓްރޭނިންގ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަސްއޫލިއްޔަތު:

  • ޓްރެއިނިންގ ނީޑް އެނަލިސިސްއަށް ބަލައި، ކުރިޔަށް އޮންނަ އަހަރަށް ބޭނުންވާ ޓްރޭނިންގ ރިކުޔަރމަންޓް ތައްޔާރުކުރުން.
  • ޓްރެއިނިންގ ރިކުއަރމަންޓާ އެއްގޮތަށް ތަމްރީން ހިންގުމަށް އެކިއެކި ފަރާތްތަކާ ގުޅިގެން ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން.
  • ކޯސް އަދި ވާރކްޝޮޕްތަކުގެ އިވެލުއޭޓް ކުރެވޭނެ ނިޒާމު ޤާއިމުކުރުމާއި ލިބުނު މައުލޫމާތު ކޮމިޝަނާ ހިއްސާކުރުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ކޮމިޝަނުގެ މަސައްކަތްތަކާއި މުވައްޒަފުންނާ ބެހޭ ޤާނޫނުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.
  • ތަމްރީން ޕްރޮގްރާމްތަކާ ގުޅިގެން ކަރިކިއުލަމްތައް ތައްޔާރުކުރުމާއި، ރިވައިޒް ކުރުމާއި، ތަރުޖަމާކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  • އިންތިޚާބުގެ ޓްރެއިނިންގ ޕްލޭން ތައްޔާރުކުރުން.
  • މާސްޓަރ ޓްރޭނަރުންނާއި، ޓްރޭނަރުން ތަމްރީން ކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ޓްރެއިނިންގ ދިނުން.
  • އިންތިޚާބުތަކުގެ މަސައްކަތުގައި މާލެ އާއި އަތޮޅުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ކަމާބެހޭގޮތުން ދޭންޖެހޭ މަޢުލޫމާތާއި އިރުޝާދު އަދި ތަމްރީނުތައް ދިނުން.
  • އެކި އެކި އިންތިޚާބުތަކުގެ މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ކަމާބެހޭގޮތުން ދޭންޖެހޭ މަޢުލޫމާތާއި އިރުޝާދު ދިނުމަށްޓަކައި ބޭނުންވާ ވީޑިއޯ އާއި އޯޑިއޯ އަދި އެހެނިހެން ތަކެތި ތައްޔާރުކުރުން.
  • އިންތިޚާބުގެ ކެންޑިޑޭޓުން، ކެންޑިޑޭޓުގެ މަންދޫބުން، އޮބްޒާވަރުން، މޮނިޓަރުން އަދި އޮފިޝަލުންގެ އަތްމަތީފޮތް ގުޅުންހުރި ސެކްޝަންތަކާ ގުޅިގެން ތައްޔާރުކުރުން.
  • އިންތިޚާބުތަކާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުން.
  • މީގެ އިތުރުން ކޮމިޝަނުން ސެކްޝަނާ ހަވާލުކުރާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

    - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

    - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

  5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

    - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 މާރޗް 14 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލު ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި 10mbއަށް ވުރެ ކުޑަފައިލްސައިޒަކަށް އެޓޭޗްކުރެވިފައެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަންގެ ރަސްމީ ވެބްސައިޓް www.elections.gov.mv  އިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން 50% އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

- މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

- މި މަޤާމަށް ހޮވުމަށްފަހު ވަޒީފާއަށް ނިކުތުމަށް އެންމެ ގިނަވެގެން ދެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކެންޑިޑޭޓް ނަންބަރެއް ދެވޭނެއެވެ. އަދި އެ ނަންބަރު ކުރިމަތިލާފައިވާ ފަރާތްތަކަށް އަންގާނެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށްދެވޭ އަމަލީ ޓެސްޓާއި އިންޓަރވިއުއަށްފަހު އެފަރާތްތަކަށް ލިބިފައިވާ މާރކްސް އާންމު ކުރާނެއެވެ.

ޓްރެއިނަރ – އެމް.އެސް 3 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

 

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

15

އިންޓަވިޔު

35

ޢަމަލީ ޓެސްޓު

10

ޖުމުލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

- ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަމަލީ ޓެސްޓު ދިނުމަށްފަހު، އެ ޓެސްޓުން %50 އިން މަތި ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)

- މެނޭޖީރިއަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

- ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

 

06 މާރިޗު 2022