Election Commission of Maldives


2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި އެވޯޑުކޮށްފައިވާ ޕްރޮކިއުމަންޓުތަކުގެ މަޢުލޫމާތު ޢާންމުކުރުން

03 މާޗް 2022, 12:00 އިއުލާން
 

(IUL)38-AD/38/2022/64:ނަންބަރު

އިޢުލާނު
2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި އެވޯޑުކޮށްފައިވާ ޕްރޮކިއުމަންޓުތަކުގެ މަޢުލޫމާތު ޢާންމުކުރުން
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހާމަކުރުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސުން ނެރުއްވާފައިވާ ނަންބަރު: 13-P/CIR/2020/50 ސާކިއުލަރއާ ޙަވާލާދީ ދަންނަވަމެވެ.
އިސްވެދެންނެވުނު ސާކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މާލިއްޔަތު ގަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 1 އާއި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓުތަކުގެ ތެރެއިން 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި މި ކޮމިޝަނަށް ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޚިދުމަތްތަކުގެ ތަފްޞީލު މި އިޢުލާނާއެކު އެއްކަރުދާސްކޮށް ޢާންމު ކުރަމެވެ.
03 މާރިޗު 2022