Election Commission of Maldives


ކޮމިޝަނުގެ އައި.ސީ.ޓީ ޑިވިޜަން މަރާމާތުކުރާނެ ފަރާތެއް ހޯދުން

15 ފެބުރުއަރީ 2022, 12:00 އިއުލާން

ނަންބަރު : (IUL)38-AD/38/2022/48

އިޢުލާނު

 ކޮމިޝަނުގެ އައި.ސީ.ޓީ ޑިވިޜަން މަރާމާތުކުރާނެ ފަރާތެއް ހޯދުން

މި ކޮމިޝަނުގެ އައި.ސީ.ޓީ ޑިވިޜަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)38-AD/38/2022/44 (09 ފެބުރުވަރީ 2022) އިޢުލާނާއެކު އާއްމު ކޮށްފައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާތީ މި ދެންނެވި އިޢުލާން ބާޠިލުކޮށް، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

މި ބީލަމާ ގުޅޭގޮތުން ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނީ 2022 ފެބްރުއަރީ 17 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ބީލަން ހުޅުވުން އޮންނާނީ 2022 ފެބްރުއަރީ 27 ވާ އާދިއްތަ ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނ2022 ފެބްރުއަރީ 24 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

14 ރަޖަބު 1443

15 ފެބުރުވަރީ 2022

 

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް