Election Commission of Maldives


ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު – ތ.ވިލުފުށި އަދި ގއ.ގެމަނަފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

02 ފެބުރުއަރީ 2022, 16:45 އިއުލާން

 

(IUL)38-DA/38/2022/35: ނަންބަރު

 

އިޢުލާން

ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު– ތ.ވިލުފުށި އަދި ގއ.ގެމަނަފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

05 ފެބުރުވަރީ 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕުކޮށްފީމެވެ. މި ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕްޚާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ޗާޕްކުރި ވޯޓުކަރުދާހުގެ ތަފްޞީލް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

#

ދާއިރާ ކޯޑު

ދާއިރާ / ރަށުގެ ނަން

ޕްރިންޓްކުރި ޖުމްލަކަރުދާހުގެ އަދަދު

1

N2

ތ. ވިލުފުށި

1514

2

P8

ގއ. ގެމަނަފުށި

1278

ޖުމްލަ :

2792

ވީމާ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

02 ފެބުރުވަރީ 2022