Election Commission of Maldives


އިންޓާރންޝިޕްގެ ފުރުޞަތު

09 ޖެނުއަރީ 2022, 12:00 އިއުލާން

އިޢުލާން

 އިންޓާރންޝިޕްގެ ފުރުޞަތު
ނަންބަރު: (IUL)38-CA/38/2022/012
ތާރީޚް:   06 ޖުމާދަލްއާޚިރާ 1443
          09 ޖެނުއަރީ   2022
 މި ކޮމިޝަނުގައި އިންޓަރނުންގެ ގޮތުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދަން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
 މަސައްކަތްކުރަންޖެހޭ ތަން:
 އިލެކްޝަނސް ކޮމިޝަން، މާލެ
 ފުރުސަތު ހުޅުވާލެވޭ އަދަދު:
 05 (ފަހެއް)
 މުއްދަތު:
 03 (ތިނެއް) މަސްދުވަސް
 މަސައްކަތްކުރާންޖެހޭ ވަގުތު:
 އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައި
 އަސާސީ ޝަރުތު:
 ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެޗް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން، ނުވަތަ ޑިޕްލޮމާ، ޑިގްރީ ނުވަތަ އެއައްވުރެ މަތީ ސެޓްފިކެޓެއް ޙާޞިލް ކޮށްފައިވުން.
 އެހެނިހެން ޝަރުތު:
 1. އެހެން ވަޒީފާއެއް އަދާކުރަމުންދާ ފަރާތަކަށް ނުވުން.
 2. އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
 3. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
 4. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
 5. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، އިންޓާރނަކަށް ހޮވުމުން ޕާޓީން ވަކިވުން.
 6. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
 7. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.
 8. ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
 އާއްމުކޮށް ކުރަންޖެހޭ މަސައްކަތް / މައްސޫލިއްޔަތު:
 1. ކޮމިޝަންގެ އިދާރީ މަސައްކަތްތަކާ ގުޅޭގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
 2. ކޮމިޝަންގެ ލީގަލް ސެކްޝަންގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
 3. ކޮމިޝަނުން ބާއްވާ އިންތިޚާބުތަކާ ގުޅޭ އިދާރީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
 4. ސިޔާސީ ޕާތީތަކުން ހުށަހަޅާ މެމްބަރޝިޕް ފޯމް ޕްރޮސެސްކޮށް ސިސްޓަމްއަށް އެންޓަރ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
 ހުށަހަޅަންޖެހޭ ލިއުންތައް:
 1. އިލެކްޝަންސް ކޮމިޝަނުގައި، އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެދޭ ފޯމު
 2. އިންޓާރނޝިޕަށް އެދޭ ފަރާތުގެ ވަނަވަރު
 3. އިންޓާރނޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ
 އިތުރު މައުލޫމާތު:
 - ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.
 - އިންޓާރނޝިޕަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.
 
މި ކޮމިޝަންގެ އިންޓަރންޝިޕަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ޖެނުއަރީ 16 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަންގެ އިންޓަރންޝިޕަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓްކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ކޮމިޝަންގެ އީމެއިލު ([email protected]) މެދުވެރިކޮށްހުށަހެޅުއްވުން އެދެމެވެެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި 10mbއަށް ވުރެ ކުޑަފައިލްސައިޒަކަށް އެޓޭޗްކުރެވިފައެވެ. އިންޓަރންޝިޕަށް އެދޭ ފޯމު މި ކޮމިޝަންގެ ރަސްމީ ވެބްސައިޓް www.elections.gov.mv  އިން ލިބެން ހުންނާނެއެވެ.
 
ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނައިން އިންޓާރނުންގެ ގޮތުގައި ކުރިމަތިލައިފިނަމަ މި އިއުލާނުގައި ބުނާއަދަދަށް އިންޓާރނުން ހޮވާނީ މެރިޓް އުޞޫލަށް ބަލައިގެންނެވެ.
09 ޖަނަވަރީ 2022