Election Commission of Maldives

އިލެކްޝަންސް ކޮމިޝަނުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުން

04 ޖެނުއަރީ 2022, 12:00 އިއުލާން

(IUL)38-AA/38/2022/2 : ނަންބަރު

އިޢުލާން

    އިލެކްޝަންސް ކޮމިޝަނުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުން

 މި ކޮމިޝަނުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި، ދެވަނަ ފަހަރަށް ނީލަން ކިޔުން އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2022 ޖަނަވަރީ 13 ވާ ބުރާސްފަތި ދުވަހު 13:00 އިން 14:00 އަށް، އިންތިޚާބާ ބެހޭ މަރުކަޒުގެ(ބައު ޖަމާލުއްދީން) ހޯލަށް ވަޑައިގެންދެއްވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު، ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނެވުން އެދެމެވެ.

އަދި، މި އިޢުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު ޝީޓު އެއްކަރުދާސް ކުރީމެވެ.

އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް 3004444 އަށް ގުޅުއްވުން އެދެމެވެ.

04 ޖަނަވަރީ    2022
01 ޖުމާދަލްއާޚިރު 1443