Election Commission of Maldives

އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3) - ފައިނޭންސް ސެކްޝަން

06 ޑިސެމްބަރު 2021, 12:00 އިއުލާން

 (IUL)38-CA/38/2021/769 :ނަންބަރު

                             އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް

އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން:

ފައިނޭންސް ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/7035 ރުފިޔާ  (ހަތްހާސް ތިރީސްފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 4000/- ރުފިޔާ (ހަތަރުހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މަހަކު 3165/75 ރުފިޔާ (ތިންހާސް އެއްސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ހަތްދިހަ ފަސްލާރި )

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތުގެ ވަގުތު:

ނުރަސްމީ ގަޑީގައިކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޢުލީމީ ރޮނގަކުން، ލެވެލް 5 ނުވަތަ 6 ގެ ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުމާއެކު، 4 އަހަރުދުވަހުގެ ހިންގުމުގެ މަސައްކަތުގެ ތަޖްރިބާ ހުރުން، ނުވަތަ،
  2. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޢުލީމީ ރޮނގަކުން، ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ ހިންގުމުގެ މަސައްކަތުގެ ތަޖްރިބާ ހުރުން، ނުވަތަ،
  3. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޢުލީމީ ރޮނގަކުން، ލެވެލް 9 ގެ ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުން. ނުވަތަ،
  4. އެމް. އެސް 2 ގެ ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ،
  5. އެމް. އެސް 1 ގެ ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

 މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާތައް؛

-  ފައިނޭންސް އަދި އެކައުންޓިން

-  އޮޑިޓިންގ

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

(މަޤާމުގެ ދާއިރާކަމުގައި ބެލެވޭނީ މަތީގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ސެޓްފިކެޓްތައް)

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  3. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  4. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  5. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.

ނޯޓް: މި މަޤާމަށް މީހުން ހޮވުމުގައި ފައިނޭންސް ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަސްއޫލިއްޔަތު:

  • ކޮމިޝަނަށް ހޯދޭ މުދަލާއި ޚިދުމަތުގެ އަގު އަދާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ރާވައި ބެލެހެއްޓުން.
  • ފައިސާ ދެއްކޭ ބިލްތަކުގެ ރިކޯޑްސް ބެލެހެއްޓުން.
  • ކޮމިޝަނަށް ހޯދޭ މުދަލާއި ޚިދުމަތް ހޯދުމުގެ ކުރިން ބަޖެޓްގައި އެކަމަށް ފައިސާ ހުރިކަން ކަށަވަރުކޮށް ދިނުން.
  • ބީ.އައި ސިސްޓަމް އިން ބަޖެޓް ކޮންޓްރޯލް އެޕްރޫވް ކުރުން.
  • އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ބަނޑޭރި ޕޯޓަލްއިން ބަލައިގަނެ އާމްދަނީ ފައިސާގެ ޖަރނަލް ވައުޗަރ ޕޯސްޓުކުރުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ސެޕް އަދި ބަނޑޭރި ޕޯޓަލް ޔޫޒަރ ރިކުއެސްޓް ހެދުމަށް ބަނޑޭރި ޕޯޓަލްއިން ރިކުއެސްޓް ފޮނުވުން.
  • ދައުލަތުގެ މުއައްސަސާތަކުން ހޯދާ މުދާ/ޚިދުމަތުގެ އަގު އަދާކުރުމަށް ބަނޑޭރި ޕޯޓަލްގެ އިންޓަރ އެޖެންސީ ޓްރާންސެކްޝަން ރިކޯޑް ކުރުމުގެ އިންތިޒާމު ހަމަޖެއްސުން.
  •  ކުރިއަށް އޮންނަ 3 އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމާއި އެއަހަރެއްގެ ޕްރޮގްރާމް ބަޖެޓް، ބީ.ޕީ.ސީ މޮޑިއުލް މެދުވެރިކޮށް ސެޕް ސިސްޓަމަށް އެންޓަރކުރުން.
  •  ސެކްޝަނުގެ އަހަރީ އެކްޝަންޕްލޭން ތައްޔާރު ކޮށް އެޕްރޫވަލް ހޯދުން.
  • ފައިނެންޝަލް ސްޓޭޓްމަންޓް ތައްޔާރުކުރަން ޖެހޭ މުއްދަތައް ތައްޔާރުކޮށް، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށައެޅުން.
  • ކޮމިޝަނުގެ އޮޑިޓް މަސައްކަތަށް ބޭނުންވާ ލިޔެކިޔުން ފޯރުކޮށްދިނުމާއި، އެކަމާއި ގުޅިގެން ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމު ހަމަޖެއްސުން.
  •  މަހުންމަހަށް މުވައްޒަފުންނަށް މުސާރަ ދެވެމުންދާކަން ކަށަވަރު ކުރުމާއި މުވައްޒަފުންނަށް މުސާރަ އެސް.އޭ.ޕީ ސިސްޓަމް މެދުވެރިކޮށް ޕޯސްޓްކުރަންޖެހޭ މުއްދަތުގައި ޕޯސްޓްކުރުން.
  •  އެކިއެކި މަސައްކަތަށް އޮފީހަށް ގެނެވޭ ވަގުތީ މުވައްޒަފުންނަށް މުސާރަ ދިނުމުގެއިންތިޒާމު ހަމަޖެއްސުން.
  •  ބައި-އިލެކްޝަންތަކާއި ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމްތަކަށް ހިނގާނެ ޚަރަދުކަމަށް ލަފާކުރެވޭ ފައިސާ، އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ މުވައްޒަފެއްގެ އެކައުންޓަށް ޖަމާކުރުމުގެ އިންތިޒާމު ހަމަޖެއްސުން.
  • އިންތިޚާބުތަކާގުޅިގެން ކުރަންޖެހޭ ފައިސާހެ މުއާމަލާތްތައް ކުރުމާއި ހިސާބުކިތާބު ބެލެހެއްޓުމުގެއިންތިޒާމު ހަމަޖެއްސުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

  1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

- މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މަޤާމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިޔުންތައް ހުށަހަޅާނީ 15 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށެވެ. (މެއިލްއާ އެޓޭޗްކުރެވޭނީ، ޕީ.ޑީ.އެފް އެއް ޑޮކިއުމަންޓެއްގެ ގޮތަށް 10mb އަށްވުރެ ކުޑަ ފައިލްއެވެ.)

އިތުރު މަޢުލޫމާތު:

- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން 50% އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

- މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

- މި މަޤާމަށް ހޮވުމަށްފަހު ވަޒީފާއަށް ނިކުތުމަށް އެންމެ ގިނަވެގެން ދެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކެންޑިޑޭޓް ނަންބަރެއް ދެވޭނެއެވެ. އަދި އެ ނަންބަރު ކުރިމަތިލާފައިވާ ފަރާތްތަކަށް އަންގާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށްދެވޭ އަމަލީ ޓެސްޓާއި އިންޓަރވިއުއަށްފަހު އެފަރާތްތަކަށް ލިބިފައިވާ މާރކްސް އާންމު ކުރާނެއެވެ.

އެސިސްޓެންޓް ޑިރެކްޓަރ – އެމް. އެސް 3 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

15

އިންޓަވިޔު

35

ޢަމަލީ ޓެސްޓު

10

ޖުމުލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

- މެނޭޖީރިއަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

1 ޖުމާދަލްއޫލާ 1443
5 ޑިސެންބަރު 2021