Election Commission of Maldives

"މޯލްޑިވްސް ނެޝަނަލް ޕާޓީ" ރަޖިސްޓަރީ ވުމާ ގުޅޭ

09 ނޮވެމްބަރު 2021, 12:00 އިއުލާން
IUL)38-DA/38/2021/754)
އިޢުލާން
"މޯލްޑިވްސް ނެޝަނަލް ޕާޓީ" ރަޖިސްޓަރީ ވުމާ ގުޅޭ

            25 އޮކްޓޯބަރ 2021 ވީ ހޯމަ ދުވަހު، "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ ނަމުގައި، ސިޔާސީ ޕާޓީއެއްވަނީ މި ކޮމިޝަނުގައި ދަފްތަރު ކުރެވިފައެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުއައްސިސުންނަކީ، މ.ސީނުކަރަންކާގެ، މުޙައްމަދު ނާޡިމް އާއި، ތ.ތިމަރަފުށި/ އޯކިޑްމާގެ، ޢަބްދުﷲ ރިޔާޟް އަދި ވ.ވަސްމީރުފިޔަ އަޙްމަދު އުޝާމް ކަމުގައި ދެންނެވީމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

            03 ރަބީޢުލްއާޚިރާ 1443

            08  ނޮވެންބަރު  2021