Election Commission of Maldives

ޕޯޑިއަމްއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

13th އޮކްޓޯބަރ 2021, 12:00 އިއުލާން

ނަންބަރު : (IUL)38-AD/38/2021/727

އިޢުލާނު         

ޕޯޑިއަމްއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ޕޯޑިއަމްއެއް ތައްޔާރުކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

 ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އީމެއިލް ކުރައްވާނީ 2021 އޮކްޓޯބަރު 26 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 2021 އޮކްޓޯބަރު 27 ވާ ބުދަ ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

07 ރަބީޢުލްއައްވަލް 1443
13 އޮކްޓޯބަރު 2021