Election Commission of Maldives

ބެކަޕް ސޮފްޓްވެއަރއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

06 އޮކްޓޯބަރ 2021, 09:30 އިއުލާން

(IUL)38-AD/38/2021/724  ނަންބަރ

އިޢުލާނު

             ބެކަޕް ސޮފްޓްވެއަރއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

                މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ބެކަޕް ސޮފްޓްވެއަރއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)38-AD/38/2021/689 (29 އޮގަސްޓް 2021) އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިނުވާތީ، މި އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލްކޮށް އެ ޚިދުމަތް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2021 އޮކްޓޯބަރ 19 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 2021 އޮކްޓޯބަރ 20 ވާ ބުދަ ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

28 ޞަފަރު 1443

05 އޮކްޓޯބަރ 2021