Election Commission of Maldives

ކޮމިޝަނުގެ އައި.ސީ.ޓީ ސެކްޝަން މަރާމާތުކުރާނެ ފަރާތެއް ހޯދުން

14 ސެޕްޓެމްބަރު 2021, 12:00 އިއުލާން
AD/38/2021/703

 (IUL)38-AD/38/2021/703 :ނަންބަރު 

އިޢުލާނު

 ކޮމިޝަނުގެ އައި.ސީ.ޓީ ސެކްޝަން މަރާމާތުކުރާނެ ފަރާތެއް ހޯދުން

   މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮމިޝަނުގެ އައި.ސީ.ޓީ ސެކްޝަން މަރާމާތުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

 ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2021 ސެޕްޓެމްބަރ 23 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 2021 ސެޕްޓެމްބަރ 26 ވާ އާދިއްތަ ދުވަހުގެ 10:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

               

                                                             08 ޞަފަރު 1443

                                                           14 ސެޕްޓެމްބަރ 2021

 ** ބީލަމާގުޅޭ މަޢޫލޫމާތު