Election Commission of Maldives

ޢާންމު ފަރާތްތަކަށް މި ކޮމިޝަނަށް ހާޟިރުވެގެން ޚިދުމަތް ހޯއްދެވުމުގެ އިންތިޒާމް ހަމަޖެހުން

01 އޮގަސްޓް 2021, 05:26 އިއުލާން
AA/38/2021/670

 

(IUL)38-AA/38/2021/670: ނަންބަރު

 

އިޢުލާނު

ކޮވިޑް-19 އާ ގުޅިގެން ކޮމިޝަނުން ޢާންމު ފަރާތްތަކަށް ދެމުންގެންދިޔަ އޮންލައިން ޚިދުމަތްތައް މެދުކަނޑާލުމަށްފަހު، 2021 އޮގަސްޓް 01 ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު 3:00 އަށް އިލެކްޝަންސް ކޮމިޝަންގެ މައި އިމާރާތް ޕީއޭ ކޮމްޕްލެކްސް ބިލްޑިންގ، 05 ވަނަ ފަންގިފިލާ އަށް ޢާންމު ފަރާތްތަކުން ހާޟިރުވެގެން ޚިދުމަތް ހޯއްދެވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވަހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

22 ޛުލްޙިއްޖާ 1442
01 އޮގަސްޓް 2021