Election Commission of Maldives

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު- އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާ ދާއިރާތަކަށާއި އެއްވެސް މީހަކު ކުރިމަތިލާފައިނުވާ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

10 ޖުލައި 2021, 04:43 އިއުލާން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު - CA/38/2021/648

(IUL)38-CA/38/2021/648 :ނަންބަރު

އިޢުލާން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު

އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާ ދާއިރާތަކަށާއި އެއްވެސް މީހަކު ކުރިމަތިލާފައިނުވާ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

މިކޮމިޝަނުގެ ނަންބަރު (IUL)38-CA/38/2021/622 (22 ޖޫން 2021) އިޢުލާނާ ގުޅިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް ދާއިރާތަކުގެ މެންބަރުކަމަށް އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާތީއާއި ބައެއް ދާއިރާތަކަށް އެއްވެސް މީހަކު ކުރިމަތިލާފައިނުވާތީ، ތިރީގައި މި ދަންނަވާ ދާއިރާތަކަށް ކުރިމަތިލުމުގެ މުއްދަތު 2021 ޖުލައި 10 ގެ ހަވީރު 05:00 ފެށިގެން 2021 ޖުލައި 16 ވާ ހުކުރު ދުވަހުގެ ހަވީރު 05:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

ދާއިރާ

އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދު

 ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

 ބ. ފުޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

 ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

2

 މ. ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

5

 

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

30 ޛުލްޤައިދާ 1442
10 ޖުލައި   2021