Election Commission of Maldives

ވަޒީފާގެ ފުރުޞަތު ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން އެންޑް ކޮމިއުނިޓީ އެވެއަރނަސް ޑިވިޜަން - ޑިރެކްޓަރ (އީ.އެކްސް 1)

07 ޖުލައި 2021, 10:33 އިއުލާން
ވަޒީފާގެ ފުރުޞަތު

(IUL)38-AB/38/2021/641: ނަންބަރު

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޑިރެކްޓަރ (އީ.އެކްސް 1)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން:

ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން އެންޑް ކޮމިއުނިޓީ އެވެއަރނަސް ޑިވިޜަން

އަސާސީ މުސާރަ:

މަހަކު -/8835 ރުފިޔާ (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 4000/- ރުފިޔާ (ހަތަރުހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ 45%

އިތުރުގަޑި ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ދާއިމީ

ފެންވަރު ނުވަތަ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި ތަޖުރިބާގެ ތެރޭގައި، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާއާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3- އެމް.އެސް 4 ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނޯޓް: ލީގަލް ދާއިރާއިން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އޮތުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް؛

- ޝަރީޢާ އެންޑް ލޯ

- އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް

- ކަރިކިއުލަމް ޑިވެލޮޕްމަންޓް

- ޕޮލިޓިކަލް ސައިންސް

- އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް

 (މަޤާމުގެ ދާއިރާކަމުގައި ބެލެވޭނީ މަތީގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ސެޓްފިކެޓްތައް)

އެހެނިހެން ޝަރުތު:

1- ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.

2- ޢުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.

3- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

4- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

5- މަޤާމްގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.

 

 

މަސްއޫލިއްޔަތު:

- ޕޮލިޓިކަލްޕާޓީ ރެގިއުލޭޝަން އެންޑް ކޮމިއުނިޓީ އެވެއަރނެސް ޑިވިޝަންގެ ދަށުން ހިނގަމުންދާ ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީސް ރެގިއުލޭޝަން ސެކްޝަނާއި، ޓްރެއިނިންގ އެންޑް ރިސަރޗް ސެކްޝަނާއި، ސިވިކް އެޑިއުކޭޝަން އެންޑް ކޯޑިނޭޝަން ސެކްޝަންގެ ސެކްޝަންތަކުގެ މަސައްކަތްތައް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިޔަށް ދޭތޯ ބަލައި ޑެލިގޭޓްކޮށް މޮނިޓަރކުރުން.

- ކޮމިޝަނަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާއި، ޝަރުޢީ ކޯޓުތަކުގައި ކޮމިޝަން ތަމްސީލްކުރުން.

- އިންތިޚާބީ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުސޫލްތަކާއި، ސިޔާސީ ޕާޓީތައް ރެގިއުލޭޓްކުރުމުގެ މަސައްކަތުގައި ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ ކޮމިޝަނަށް ފަންނީ ލަފާ ދިނުން

- ކޮމިޝަނަށް ހުށަހެޅޭ ކަންކަމުގައި ޤާނޫނީ ގޮތުން ބަލަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ބަލައި ޖަވާބުދާރީވުން.

- އިންތިޚާބުތަކާ ގުޅޭ ޝަކުވާގެ ނިޒާމު ބެލެހެއްޓުމުގައި ފަންނީ ލަފަޔާއި އިރުޝާދު ދިނުން

- ކޮމިޝަނުގެ ނިންމުންތައް ސެކްޝަންތަކުން ތަންފީޒު ކުރެވެމުންދާ މިންވަރު ބަލައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން

- ޑިވިޜަން ވެރިޔާގެ ހައިސިއްޔަތުން ސެކްޝަންތަކުގެ ވެރިންނަށް މަޝްވަރާއާއި، އިރުޝާދު ދީ މަސައްކަތްތައް އަވަސްކުރުމަށް ބާރުއެޅުން.

- އިންތިޚާބީ ނިޒާމު ހަރުދަނާކުރުމަށް ދިރާސާކޮށް އިންތިޚާބީ ނިޒާމު ތަރައްޤީކުރުމަށް ކޮމިޝަނަށް ލަފާދިނުން.

- ސެކްޝަންތަކުގެ މަސައްކަތްތައް ގޮސްފައިވާ މިންވަރާއި ކުރަންހުރި މަސައްކަތްތައް ބަލައި ކުރިޔަށް އޮތް ހަފްތާއަށް މަސައްކަތްތައް ރޭވުން.

- ސެކްޝަންތަކުގެ ވަކި ވަކި މުވައްޒަފުންގެ މަސައްކަތްތަށް ބަލާ އިތުރަށް ހަރުދަނާކުރަންހުރި ކަންކަން ފާހަގަކޮށް، އެކަންތައްތައް ކުރިއަށްގެންދާނެ ގޮތުގެ ލަފަޔާއި މަޝްވަރާ ސެކްޝަންތަކުގެ ވެރިންނާއި ޙިއްސާކުރުން.

- ސެކްޝަންތަކުގެ ވެރިންގެ އެޕްރައިޒަލް ފޯމް ފުރިހަމަކޮށް، ދެންތިބި މުއްވައްޒަފުންގެ އެޕްރައިޒަލް ފުރިހަމަކުރަމުންދޭތޯ ބަލައި އެޕްރައިޒު ކުރުމުގެ މަސައްކަތް ނިންމަޖެހޭ ތާރީޚަށް ފުރިހަމަކޮށް ކަމާގުޅޭ ސެކްޝަނާއި ހަވާލުކުރޭތޯ ބެލުން.

- ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޚާބާ ގުޅިގެން ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުން.

- ކޮމިޝަނަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި، ކޮމިޝަނުން ފާހަގަކުރާ އެކިއެކި ދުވަސްތަކާއި، ކޮމިޝަނުން ކުރަންޖެހޭ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވެ ސެކްރެޓަރީ ޖެނެރަލަށް އެހީތެރިކަން ފޯރުކޮށްދިނުން.

- މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުންވެސް ކޮމިޝަނުން އެވަގުތެއްގައި ޙަވާލުކުރާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ ހުށަހަޅުމުގައި އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ޖަހާފައިވާ ތައްގަނޑަކީ އިޢުލާނު ކުރާ ތާރީޚަށްވުރެ 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ޖަހާފައިވާ ތައްގަނޑެއް ކަމުގައިވުން.

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

5- މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

- މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މަޤާމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިޔުންތައް ހުށަހަޅާނީ 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށެވެ.  (މެއިލްއާ އެޓޭޗްކުރެވޭނީ 10mb އަށްވުރެ ކުޑަ ފައިލްއެވެ.)

އިތުރު މަޢުލޫމާތު:

-ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން %50 އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

- މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

- މި މަޤާމަށް ހޮވުމަށްފަހު ވަޒީފާއަށް ނިކުތުމަށް އެންމެ ގިނަވެގެން ދެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ.

 

 

 

 

ިރެކްޓްރ – އީ. އެކްސް 1 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

20

އިންޓަވިޔު

30

ޢަމަލީ ޓެސްޓު

10

ޖުމުލަ

100

 

އިންޓަރވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަންވާނެއެވެ. ޕްރެޒެންޓޭޝަނާ ގުޅޭ އިތުރު މަޢުލޫމާތު ޝޯޓްލިސްޓްކުރެވޭ ކެންޑިޑޭޓުންނަށް ހިއްސާކުރެވޭނެއެވެ.

 

ޝޯޓްލިސްޓު ކުރެވޭގޮތް:

  • ސީނިއަރ މެނޭޖްމަންޓް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

 

27 ޛުލްޤައިދާ 1442

7 ޖުލައި 2021