Election Commission of Maldives

ވަޒީފާގެ ފުރުޞަތު - އޮފިސަރ (ޖީ.އެސް 3)

29 ޖޫން 2021, 12:00 އިއުލާން
ޕްލޭނިންގ ސެކްޝަން - އޮފިސަރ (ޖީ.އެސް 3)

 

ނަންބަރު: 1/630(IUL)38-AB/38/202

އިޢުލާން

  ވަޒީފާގެ ފުރުޞަތު

މަޤާމް

  އޮފިސަރ (ޖީ.އެސް 3)

ބޭނުންވާ ޢަދަދު:

  01 (އެކެއް)

ސެކްޝަން:  

  ޕްލޭނިންގ ސެކްޝަން

އަސާސީ މުސާރަ:

  މަހަކު 4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

  މަހަކު 1500.00  (އެއްހާސް ފަސްސަތޭކަ)

ލިވިންގ އެލަވަންސް:

  މަހަކު 3000.00 (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

  މަހަކު 2009.25 (މުސާރައިގެ %45)

ވަޒީފާގެ ބާވަތް:

  ދާއިމީ

މަސައްކަތުގެ ވަގުތު:

  އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

  ފެންވަރު ނުވަތަ ޝަރުޠު:

 1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޚާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކްންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޚާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

  އެހެނިހެން ޝަރުތު:

 1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

 2. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.

 3. ޢުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.

 4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

 5. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

 6. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން

 

  މަސްއޫލިއްޔަތު:

 - ކޮމިޝަންގެ އަހަރީ ވާރކް ޕްލޭން ތައްޔާރުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

 - ކޮމިޝަންގެ އަހަރީ ވާރކް ޕްލޭން މޮނިޓަރ ކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

 - ކޮމިޝަންގެ އަހަރީ ވާރކް ޕްލޭން އިވަލުއޭޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 - ކޮމިޝަންގެ އެކްޝަން ޕްލޭން ތައްޔާރުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

 - ކޮމިޝަންގެ އެކްޝަން ޕްލޭން މޮނިޓަރ ކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

 - ކޮމިޝަންގެ މެންޑޭޓްތައް ކަނޑައެޅުމުގައި ކޮމިޝަނަށް ލަފާއެރުވުމުގައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

 - ކޮމިޝަނުން ނިންމަވާ ނިންމުތައް ކަމާ ގުޅޭ ސެކްޝަންތަކުން ތަންފީޒު ކުރެތޯ ބެލުމަށް ކުރައްޖެހޭ އިދާރީ މަސައްކަތް ކުރުން.

 - ކޮމިޝަން ތަރައްޤީ ކުރުމަށްޓަކައި އޮފީހުގެ މަސައްކަތްތައް ދިރާސާ ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތަކުގައި ސެކްޝަންގެ އެހެން މުވައްޒަފުންނަށް އެހީތެރި ވެދިނުން.

 - ތަފާސް ހިސާބު ރިޕޯޓް އެކުލަވާލުމާއި ތަފާސް ހިސާބު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްތަތަކުގައި ސެކްޝަންގެ އެހެން މުވައްޒަފުންނަށް އެހީތެރި ވެދިނުން.

 - ކޮމިޝަންގެ ސްޓްރެޓެޖިކް ޕްލޭން ހެދުމާއި ކޮމިޝަންގެ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައެޅިފައިވާ ލަނޑުދަޑިތައް ހާޞިލް ކުރެވޭ މިންވަރު ބަލައި މޮނިޓަރ ކުރުމުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތަކުގައި ސެކްޝަންގެ އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.

 - ސެކްޝަނަށް ލިބޭ ލިޔެކިޔުންތައް (އެންޓްރީ) ބަލައިގަނެ ސްކޭންކޮށް ޕީ.ޑީ.އެފް ހެދުން.

 - ސެކްޝަންގެ އިދާރީ މަސައްކަތް ސެކްޝަން ވެރިޔާގެ އިރުޝާދާއެކު ރާވައި ކުރުން.

 - ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން.

 - ސެކްޝަންގެ ދުވަހު ޔައުމިއްޔާ ލިޔުމާއި ސެކްޝަނުން ބާއްވާ ބައްދަލުވުންތައް އިންތިޒާމު ކުރުމާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

 - ސެކްޝަނަށް ބޭނުންވާ ތަކެތި ހޯދުމާއި ލިޔެކިޔުންތައް ތަރުތީބުކޮށް ފައިލްކޮށް ބެލެހެއްޓުން.

 - ސެކްޝަންގެ ވެރިޔާ އަންގަވާ ގޮތެއްގެ މަތިން އެހެން މުވައްޒަފުންގެ މަސައްކަތަށް އެހީތެރިވެ ދިނުން.

 - ސަލާމުގައި ހުންނަނަމަ ސެކްޝަނުގެ ވެރިޔާއަށް އެކަން އަންގާ އެދުވަހެއްގައި ނިންމުމަށް ޙަވާލުކުރެވިފައިވާ މަސައްކަތުގެ މަޢުލޫމާތު ސެކްޝަނުގެ ވެރިޔާއަށް ދިނުމާއި އެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސެކްޝަންގެ ވެރިޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

 - ޗުއްޓީ ނަގާނަމަ، ޗުއްޓީގައި ހުންނަ ދުވަސްވަރު އެ މަސައްކަތް ކުރުމާ ޙަވާލުވާ މުވައްޒަފަށް އެދުވަސްވަރު ކުރަން ހުރި  މަސައްކަތްތައް، ޗުއްޓީއަށް ދިޔުމުގެ ކުރިން، ލިޔުމުން ޙަވާލުކުރުން

 - މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުންވެސް ޤާނޫނާއި ގަވާއިދުތަކާ ޚިލާފުނުވާނަމަ، ކޮމިޝަނުން އެވަގުތެއްގައި ޙަވާލުކުރާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރުން.

 - ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޚާބާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުން.

 

  ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

 - ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ ހުށަހަޅުމުގައި އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ޖަހާފައިވާ ތައްގަނޑަކީ އިޢުލާނު ކުރާ ތާރީޚަށްވުރެ 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ޖަހާފައިވާ ތައްގަނޑެއް ކަމުގައިވުން.

 - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

 - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

 1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

 - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

 - މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

  މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިޔުންތައް ހުށަހަޅާނީ 08 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އީމެއިލް  ([email protected]) މެދުވެރިކޮށެވެ. (މެއިލްއާ އެޓޭޗްކުރެވޭނީ 10mb އަށްވުރެ ކުޑަ ފައިލްއެވެ.)

  އިތުރު މަޢުލޫމާތު:

 - ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

 - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

 - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

 - ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން 50% އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

 - މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

 - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 - މި މަޤާމަށް ހޮވުމަށްފަހު ވަޒީފާއަށް ނިކުތުމަށް އެންމެ ގިނަވެގެން ދެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ.

 

އޮފިސަރ – ޖީ.އެސް 3 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

  ތަޢުލީމާއި ތަމްރީނު

40

  މަސައްކަތު ތަޖުރިބާ

10

  އިންޓަވިޔު

35

  ޢަމަލީ ޓެސްޓު

15

  ޖުމުލަ

100

 

ޝޯޓްލިސްޓު ކުރެވޭގޮތް:

  • ޖެނެރަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރާނީ ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

 

  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)

   

19 ޛުލްޤައިދާ 1442

29 ޖޫން 2021

  އިލެކްޝަންސް ކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު