Election Commission of Maldives

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެ މީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާ

16 ޖޫން 2021, 03:00 އިއުލާން

(IUL)38-CA/38/2021/620 :ނަންބަރު

 

އިޢުލާން

 

 

2021 ޖޫން 12 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެ މީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާ މި ދަންނަވަނީއެވެ.

 

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރު
 

 

ކނަންބަރ ނަން އެޑްރެސް ހައިސިއްޔަތު ލިބުނު ވޯޓު
1 މުޙައްމަދު  މުޢިއްޒު މ. ދިމްޔާތު މާލެ ޕީ.ޕީ.އެމް 21
2 އިސްމާޢީލް  ރަފީޤު ދަޑިމަގު. އާބާދުގެ ޏފުވައްމުލައް އެމް.ޑީ.ޕީ 24
ޞައްޙަ ވޯޓު 45
ބާތިލް ވޯޓު 1
ޖުމްލަ ވޯޓު 46
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އަދަދު 46
ވޯޓު ލީ މީހުންގެ އަދަދު 46
ވޯޓު ލީ މީހުންގެ އިންސައްތަ 100%

 

 

 

 

 

 

 

 

 

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރު

ކނަންބަރ ނަން އެޑްރެސް ހައިސިއްޔަތު ލިބުނު ވޯޓު
1 ޢަބްދުﷲ  ޒާމިރު ދަފްތަރު. ނަންބަރު 3083 / މާލެ އެމް.ޑީ.ޕީ 8
2 އަޙްމަދު  އިބްރާހީމް ވިނަމަތި / ގއ. ދާންދޫ އެމް.ޑީ.ޕީ 2
3 ޙުސައިން ޔާމީން މުޙައްމަދު މިނިވަންއައްސޭރި / ކ. ގުރައިދޫ ޕީ.ޕީ.އެމް 417
4 ޢަބްދުﷲ  ވަޙީދު ގުލްބަކާގެ / ފ. މަގޫދޫ އެމް.ޑީ.ޕީ 4
5 އަޙްމަދު  ކަރަމް ނިޝާން / އއ. ތޮއްޑޫ އެމް.ޑީ.ޕީ 415
6 މުޙައްމަދު  ރަޒީފް އެރޯ ހއފިއްލަދޫ އެމް.ޑީ.ޕީ 4
7 މުޙައްމަދު  އިލްހާމް ވާދީ ހދނެއްލައިދޫ އަމިއްލަގޮތުން 21
ޞައްޙަ ވޯޓު 871
ބާތިލް ވޯޓު 3
ޖުމްލަ ވޯޓު 874
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އަދަދު 918

ވޯޓު ލީ މީހުންގެ އަދަދު

874

 

 

 

 

 

 

 

 

 

 

 

ވޯޓު ލީ މީހުންގެ އިންސައްތަ 95.21%

 

ވީމާ، މި އިންތިޚާބުގެ ނަތީޖާގައިވާގޮތުގެމަތީން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ ގޮތުގައި އެމް.ޑީ.ޕީ ގެ ފަރާތުން ކުރިމަތިލި، ފުވައްމުލައް ސިޓީގެ މޭޔަރު، ދަޑިމަގު. އާބާދުގެ / ޏ. ފުވައްމުލައް، އިސްމާޢީލް  ރަފީޤު އާއި

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ ގޮތުގައި ޕީ.ޕީ.އެމްގެ ފަރާތުން ކުރިމަތިލި، ކ. ގުރައިދޫ ކައުންސިލްގެ ރައީސް، މިނިވަންއައްސޭރި / ކ. ގުރައިދޫ، ޙުސައިން ޔާމީން މުޙައްމަދު އިންތިޚާބުވެފައިވާކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

 

އަދި ދަންނަވަމެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ

1 (އެކެއް) މެންބަރުކަމުގެ މަޤާމަށް ކުރިމަތިލާފައިވަނީ އިންތިޚާބުކުރަންޖެހޭ އަދަދަށް ކަމަށްވާތީ، މި މަޤާމަށް ޕީ.ޕީ.އެމްގެ ފަރާތުން ކުރިމަތިލި، ކ.އަތޮޅު ކައުންސިލްގެ ރައީސް، މ. ކޮކާހަނދުވަރު / މާލެ,  މުޙައްމަދު ނިމާލް އިންތިޚާބުވެއްޖެކަން މި ކޮމިޝަނުގެ ނަންބަރު  

 (IUL)38-CA/38/2021/608،

(25 މެއި 2021) އިޢުލާނުން ވަނީ ޢާންމުކޮށްފައެވެ.