Election Commission of Maldives

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުމާއި މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން - އިއުލާން ނަންބަރު: IUL)38-CB/38/2021/603)

20 މެއި 2021, 12:00 އިއުލާން
ލޯކަލް ގަވަރންމެންޓް އޮތޯރިޓީގެ ބޯޑަށް އެމީހުން އިންތިޚާބުކުރާ މެމްބަރުން ހޮވުމަށް ބައްވާ އިންތިޚާބު 2021

ނަންބަރު(IUL)38-CB/38/2021/603 :

އިޢުލާން

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2021 ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުމާއި މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

2021 ޖޫން 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2021 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ 2021 މެއި 20 ވީ ބުރާސްފަތި ދުވަހު ޢާންމުކޮށްފީމެވެ. މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު (http://www.gazette.gov.mv) އާއި، ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ޢާންމުކޮށް ފެންނަން ހުންނާނެއެވެ.  

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ 2021 މެއި 20 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 2021 މެއި 21 ވާ ހުކުރު ދުވަހު ހެނދުނު 10:00 ގެ ނިޔަލަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމުގައި ދެންނެވީމެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ގޮތްތަކަށެވެ.

  • ޝަކުވާ ފޯމު ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް މި ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

08 ޝައްވާލު 1442

20 މެއި    2021