Election Commission of Maldives

ކެންޑިޑެސީ ބާޠިލުކުރިކަން އެންގުން

01 އޭޕްރީލް 2021, 01:00 އިއުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

ނަންބަރު : (IUL)38-CA/38/2021/126

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

ކެންޑިޑެސީ ބާޠިލުކުރިކަން އެންގުން

 

ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް ތ.ކަނޑޫދޫ/ އުސްގެ، ޙަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2021/SC-E/02 ޤަޟިއްޔާއިން 30 މާރިޗު 2021 ގައި ޙުކުމްކޮށްފައިވާތީ، ތ.ކަނޑޫދޫ/ އުސްގެ، ޙަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމަށް ކަނޑައަޅައި، އެ ފަރާތުގެ ކެންޑިޑެސީ ވަނީ ބާޠިލު ކޮށްފައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

19 ޝަޢުބާން 1442

01  އެޕްރީލް  2021