Election Commission of Maldives

ވޯޓާ ގުޅިގެން މާލޭ ސަރަހައްދުގައި 202 ވޯޓުލާ މަރުކަޒުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

23 މާޗް 2021, 05:00 އިއުލާން
މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

  ނަންބަރ: (IUL)38-AD/38/2021/118

 

 

އިޢުލާނު

             

މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ވޯޓާ ގުޅިގެން މާލޭ ސަރަހައްދުގައި 202 ވޯޓުލާ މަރުކަޒުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

 

މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ވޯޓާ ގުޅިގެން މާލޭ ސަރަހައްދުގައި 202 ވޯޓުލާ މަރުކަޒުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)38-AD/38/2021/98 (12 މާރިޗު 2021) އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާއެއްގޮތަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، މި އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލްކޮށް އެ ޚިދުމަތް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ އަދަދު

W-012/2021/38

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ވޯޓާ ގުޅިގެން މާލޭސަރަހައްދުގައި 202 ވޯޓުލާ މަރުކަޒުތައް ތައްޔާރުކުރުން

5,900/- ރުފިޔާ

 

ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން  އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2021 މާރިޗު 31 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ.

ބީލަން ހުޅުވުން އޮންނާނީ   2021އޭޕްރިލް 01 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

10 ޝަޢުބާން  1442 

23 މާރިޗު    2021