Election Commission of Maldives

ވޯޓުފޮށި ނުބަހައްޓާ ރިސޯޓުތައް

18 މާޗް 2021, 11:00 އިއުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

ނަންބަރު: (IUL)38-CA/38/2021/113

 

އިޢުލާން

 

2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓުތަކުގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ބައެއް ރިސޯޓުތަކަށް ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާތީ، ތިރީގައި މިދަންނަވާ ރިސޯޓުތަކުގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ކޮމިޝަނުން ނިންމައިފީމެވެ. އަދި މި ރިސޯޓުތަކުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމުގައި ދަންނަވަމެވެ.

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުފޮށި ނުބަހައްޓާ ރިސޯޓުތައް

# ފޮށީގެ ކޯޑު ވޯޓުފޮށީގެ ނަން ރަށުގެ ނަން
1 Z132.1 ކިހާ މޯލްޑިވްސް-1 ބ. ކިހާދުއްފަރު
2 Z73.1 ޕާމް ބީޗް އައިލެންޑް ރިސޯރޓް އެންޑް ސްޕާ -1 ޅ. މަދިގުރައިދޫ
3 Z140.1 ބްރެނިއަރ ކޮއްޓެފަރު-1 ރ. ކޮއްޓެފަރު
4 Z145.1 ޑްރިފްޓް ތެލުވެލިގާ-1 އދ.ތެލުވެލިގާ
5 Z116.1 އާވީ ނޭޗާރސް ޕެރެޑައިސް -1 ދ. ދޫރެސް

 

ވީމާ، އިސްވެ ބަޔާންކުރެވިފައިވާ ތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހިރައްޔިތުން، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި، ރަޖިސްޓަރީ ކުރުމަށް ހުޅުވާލާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

05 ޝަޢުބާން 1442

 18މާރިޗު 2021