Election Commission of Maldives

އެނބޫދޫ ވިލެޖް ރިސޯޓް (ކ.އެނބޫދޫ) ގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށި ބަހައްޓާތަން ބަދަލުވެފައިވާތީ، މި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން

14 މާޗް 2021, 08:00 އިއުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

ނަންބަރު: (IUL)38-CA/38/2021/108

 

އިޢުލާން

 

މިކޮމިޝަނުގެ ނަންބަރު IUL)38-CA/38/2021/83) އިޢުލާނުން، 2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި އެނބޫދޫ ވިލެޖް ރިސޯޓް (ކ.އެނބޫދޫ) ގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށި ބަހައްޓާތަން ބަދަލުވެފައިވާތީ، މި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

 

ވޯޓު ފޮށީގެ ނަންބަރު ވޯޓު ފޮށީގެ ކޯޑު ވޯޓުފޮށީގެ ނަން ވޯޓުލާ ސަރަހައްދުގެ ތަފްސީލު ވޯޓު ފޮށި ބަހައްޓާ ތަނުގެ ތަފްޞީލް
696 Z81.1 ެނބޫދޫ ވިލެޖް ރިސޯޓް -1 މި ފޮށްޓަށް ވޯޓުލާނީ އެނބޫދޫ ވިލެޖް ރިސޯޓް ގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. އެނބޫދޫ ވިލެޖް ރިސޯޓް، ރޫމް ނަންބަރު 60 ކުރިމަތި

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

01 ޝަޢުބާން 1442

14 މާރިޗު 2021