Election Commission of Maldives

މާލެ ސިޓީގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށީގެ ވޯޓުލާ ސަރަޙައްދު އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން

14 މާޗް 2021, 04:00 އިއުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

                                                             ނަންބަރު: (IUL)38-CA/38/2021/104

 

އިޢުލާން

 

މިކޮމިޝަނުގެ ނަންބަރު IUL)38-CA/38/2021/82) އިޢުލާނުން، 2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި މާލެ ސިޓީގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށީގެ ވޯޓުލާ ސަރަޙައްދު އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

 

 

ވޯޓު ފޮށީގެ ނަންބަރު ވޯޓު ފޮށީގެ ކޯޑު ވޯޓުފޮށީގެ ނަން ވޯޓުލާ ސަރަހައްދުގެ ތަފްސީލު ވޯޓު ފޮށި ބަހައްޓާ ތަނުގެ ތަފްޞީލް
186 T7.1 ގަލޮޅު މެދު-1 މިފޮށްޓަށް ވޯޓުލާނީ މާލޭގެ އަލިކިލެގެފާނުމަގާއި މަޖީދީމަގު ގުޅޭ ނުކުތާއިން ފެށިގެން މަޖީދީމަގުން ހުޅަނގަށް، ފާށާނާކިލެގެމަގުން ދެކުނަށް، ބޮޑުރަސްގެފާނު މަގުން އިރަށް، އަލިކިލެގެފާނުމަގުން އުތުރަށް ގޮސް އަލިކިލެގެފާނުމަގާއި މަޖީދީމަގު ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީވެފައިވާ ރައްޔިތުންނެވެ. އިމާދުއްދީން ސްކޫލްގެ މިއުޒިކީ ހިނގުމުން 3 ނަންބަރު ގޭޓުން ވަދެގެން ދާއިރު ހޯލުގެ އިރުމަތީކޮޅުގައި  

 

 

 

 

 

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

                                   01 ޝަޢުބާން 1442

                                    14 މާރިޗު 2021