Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުން

09 މާޗް 2021, 12:00 އިއުލާން

                                                                                                                                                                                                                                                                                                                                                                           ނަންބަރު(IUL)38-CA/38/2021/95 :

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު  އަލުން ހުޅުވާލުން

2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ވޯޓުލާ މަރުކަޒުތަކުގެ ޢަދަދު އިތުރުވެފައިވާތީ، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 09 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 8:30 އިން ފެށިގެން، 15 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 15:00 އާ ހަމަޔަށް އެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ.

 

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 މޮނިޓަރކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

 

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. (ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން. ނުވަތަ،
    (ށ) ޤާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.  
  4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އާ ގުޅޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.

 

(ށ) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

1. މޮނިޓަރަކަށްވުމަށް އެދޭ ފޯމު

2. މޮނިޓަރަކަށްވުމަށް އެދޭ ފަރާތް / ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. މޮނިޓަރަކަށްވުމަށް އެދޭ ފަރާތް/ ފަރާތްތަކުގެ މޮނިޓަރުންގެ އިޤުރާރު

4. ރޭޑިއޯ/ ޓީވީ ސްޓޭޝަން ނުވަތަ ނޫސް މަޖައްލާއެއްގެ ރަޖިސްޓަރީ ކޮޕީ

5. ސީޑީ

ސީޑީގައި ހިމަނަންޖެހޭ ތަކެތި:

  • އައި.ޑީ.ކާޑުގައިވާ ފޮޓޯ ފާހުގައި ޖަހަން ބޭނުން ނުވާނަމަ، މޮނިޓަރަކަށް ވުމަށް އެދޭ ފަރާތް/ ފަރާތްތަކުގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ،  JPEG/PNG ފޯމެޓުގައި ސޮފްޓް ކޮޕީ.
  • ފޮޓޯ ސޭވްކޮށްފައި ހުންނަންވާނީ އެފޮޓޯގައިވާ މީހާގެ އައިޑީ ކާޑު ނަންބަރުންނެވެ.
  • މޮނިޓަރުންގެ ގޮތުގައި ނަން ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ލިސްޓްގެ ސޮފްޓް ކޮޕީ (އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފޯމެޓަށް، މައިކްރޮސޮފްޓް އެކްސެލް ފޯމެޓްގައި.   

 

(ނ) މޮނިޓަރުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންކަން

  • މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރަތްތަކުން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އިޤުރާރުގައި ސޮއި ކުރަންވާނެއެވެ.
  • އެކަކު އެއް އެޕްލިކޭޝަނަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާނަމަ، އެފަރާތަކުން އެންމެ ފުރަތަމަ ހުށަހަޅާ ފޯމު ބަލައިގަނެ އެހެން ފޯމުތައް ބާޠިލު ކުރެވޭނެއެވެ.
  • އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ކުރެވިފައި ނުވާނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.
  • އެޕްލިކޭޝަން ފޯމުގައިވާ ސޮޔާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ސޮއި ތަފާތު ނަމަ، އެޕްލިކޭޝަން ފޯމު ބާޠިލު ކުރެވޭނެއެވެ.
  • ފާސް ގެއްލިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަލުން ފާހެއް ހަދައި ދެވޭނީ -/95 (ނުވަދިހަފަސް) ރުފިޔާގެ ޖޫރިމަނާއެއް އެ ކާޑަކަށް ނެގުމަށްފަހުއެވެ.
  • ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކަށާއި، ޚަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރ ކުރުމަށް، ފާސްދޫކުރެވޭނީ، އެއިން ކޮންމެ ފަރާތަކަށް، އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ %10 (ދިހައެއް އިންސައްތަ) އިތުރުނުވާ ގޮތަށެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު، އެ ތަކެތި ހުށަހަޅާނީ ތިރީގައި މިދަންނަވާ ތަންތަނަށެވެ.

 

މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް ހުށަހަޅާ ފޯމު ބަލައިގަންނާނެ ތަންތަން

މާލޭގައިނަމަ

އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީނަށް)ގެ ކާޑު ސެންޓަރު

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި

ރަށު ކައުންސިލް އިދާރާ (ރަށު ފޯކަލް ޕޮއިންޓަށް)

އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ

އައްޑޫ ސިޓީއަދި ފުވައްމުލައް ސިޓީ : އަވަށު އޮފީސްތަކާއި ސިޓީ ކައުންސިލްއިދާރާ

ކުޅުދުއްފުށި ސިޓީ: ކައުންސިލް އިދާރާ

 

 

މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 09 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 8:30 އިން ފެށިގެން، 15 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް ތިރީގައިވާ ގޮތަށެވެ.

 

މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ފޯމުތައް ބަލައިގަންނާނެ ގަޑިތައް

ރަސްމީ ބަންދު ނޫން ދުވަސްތަކުގައި

08:30 ން 15:00 އަށް

ހުކުރު ދުވަހު

15:00 ން 17:00

ރަސްމީ ބަންދު ދުވަސްތަކުގައި

09:00 ން 15:00

 

 

ފޯމު ހުށަހަޅަން އަންނަނީ މޮނިޓަރުންގެ ގޮތުގައި ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހުށަހަޅަން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ވާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ރަޖަބު 1442

09 މާރިޗު 2021

 

މޮނިޓަރަކަށް ވުމަށް އެދޭ ފޯމު

މޮނިޓަރުންގެ އިޤުރާރު

މޮނިޓަރުންގެ ލިސްޓް