Election Commission of Maldives

ވަޒީފާގެ ފުރުޞަތު - ޑިރެކްޓަރ (އީ.އެކްސް 1)

07 މާޗް 2021, 06:00 އިއުލާން
ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ޑިރެކްޓަރ- އީ.އެކްސް1 އަށް ކުރިން ކޮށްފައިވާ ނަންބަރު: IUL)38-AB/38/2021/65) އިޢުލާނުގައިވާ އިދާރީ ކުށެއްގެ ސަބަބުން އެ އިއުލާން ބާތިލްކޮށް އަލުން މި މަޤާމަށް އިއުލާނު ކުރީމެވެ.

                                                 ނަންބަރު:(IUL)38-AB/INDIV/2021/9

 

 

                                                    އިޢުލާން

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ޑިރެކްޓަރ- އީ.އެކްސް1 އަށް ކުރިން ކޮށްފައިވާ ނަންބަރު:  (IUL)38-AB/38/2021/65 އިޢުލާނުގައިވާ އިދާރީ ކުށެއްގެ ސަބަބުން އެ އިއުލާން ބާތިލްކޮށް އަލުން މި މަޤާމަށް އިއުލާނު ކުރީމެވެ.

މަޤާމް:

ޑިރެކްޓަރ (އީ.އެކްސް 1)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން:

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/8835 ރުފިޔާ (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 4000/- ރުފިޔާ (ހަތަރުހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ 45%

އިތުރު ގަޑި ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1.މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (ހިއުމަން ރިސޯސަސް، މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި ތަޖުރިބާގެ ތެރޭގައި، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާއާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  2. މަގާމުގެ މަސައްކަތާ ގުޅޭ (ހިއުމަން ރިސޯސަސް، މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން) ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

   3. އެމް.އެސް 4 ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  4.ޢުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.

  5.ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

 6. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

 

 

މަސްއޫލިއްޔަތު:

  • ހިއުމަންރިސޯސް މެނޭޖްމަންޓް ސެކްޝަންގައި ހިމެނޭ މަސައްކަތް ހިނގާ ނުހިގާގޮތް ބަލާ މޮނިޓަރ ކުރުން.
  • ކޮމިޝަނުގެ މަސައްކަތަށް ފަހި މާހައުލެއް ޤާއިމުކުރުން.
  • ކުރިޔަށް އޮތް އަހަރަށް ސެކްޝަނާއި ގުޅޭ ކަންތައްތައް ކުރުމަށް ބޭނުންވާ ބަޖެޓު ތައްޔާރުކޮށް ބަޖެޓް ސެކްޝަނަށް ކަނޑައެޅޭ މުއްދަތަށް ފޮނުވުން.
  • ވަޒީފާ ދިނުމާއި ވަކިކުރުމާއި ބަދަލު ކުރުމާބެހޭ އެންމެހައި އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
  • ކޮމިޝަނުން ކުރަންޖެހޭ ޚާއްޞަ މަސައްކަތްތަކުގައި ސެކްރެޓަރީ ޖެނެރަލަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން ސެކްރެޓަރީ ޖެނެރަލް އަންގާ މަސައްކަތްތައް ކުރުން.
  • މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުންވެސް ޤާނޫނާއި ގަވާއިދުތަކާއި ޚިލާފުނުވާނަމަ، ކޮމިޝަނުން އެވަގުތެއްގައި ޙަވާލުކުރާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް ހުށަހަޅަންޖެހޭ ސެޓްފިކެޓް ނެތް ހާލަތުގައި (ކޯސް ފުރިހަމަކޮށް ނަމަވެސް ދަސްވެނިވުން ނުބާއްވާތީ ސެޓްފިކެޓް ނުލިބޭ) ކޯސް ނިންމި ކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން، އެ ކޯހުގެ ލެވެލް އެނގޭނޭހެން، އެކޯހަކީ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އަދި އެކްރެޑިޓް ކޯހެއްކަން އެނގޭނޭ ލިޔުމެއް ހުށަހަޅާފައިވާނަ، އެލިޔުންތަކަށް ބަލައި އެ ސެޓްފިކެޓަކަށް ކަނޑައެޅޭ މާކްސް ދެވޭނެއެވެ.)
  • ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  • އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތު ތަޖުރިބާކަމުގައި ބަލާނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ހާޞިލްކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ.)
  • މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:          

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މާރިޗް 2021 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އީމެއިލް ([email protected]) އަށެވެ.

 

އިތުރު މަޢުލޫމާތު:

  • މި މަގާމަށް އެދި ނަންބަރު (IUL)38-AB/38/2021/65 އިއުލާނާއި ގުޅިގެން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުން އިތުރު ލިޔެކިޔުންތައް ހުށަހެޅުން ފިޔަވައި، އަލުން މިމަގާމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅަން ނުޖެހޭނެއެވެ.
  • ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.
  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.
  • އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން %50 އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.
  • މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
 

ޑިރެކްޓަރ – އީ.އެކްސް 1 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

20

އިންޓަވިޔު

30

ޢަމަލީ ޓެސްޓު (ޕްރެސެންޓޭޝަން)

10

ޖުމުލަ

100

 

 

ޝޯޓްލިސްޓު ކުރެވޭގޮތް:

  • މިގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި،

    ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

މަޤާމުގެ ޝަރުޠުތައްކަމަށް ބުނެފައިވާ އަސާސީ ޝަރުޠު ފުރިހަމަވާނަމަ، ތަޢުލީމާއި ތަމްރީނަށް ކަނޑައަޅައިފައިވާ ފުރިހަމަ މާކްސް އެ މީހަކަށް ދެވޭނެއެވެ.

 

  • ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު

 23 ރަޖަބު 1442

07 މާރިޗް 2021