Election Commission of Maldives

އެޖްކޯ ސްވިޗެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

04 މާޗް 2021, 09:00 އިއުލާން

  ނަންބަރ: (IUL)38-AD/38/2021/88

 

 

އިޢުލާނު

             

އެޖްކޯ ސްވިޗެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް އެޖްކޯ ސްވިޗެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

 ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2021 މާރޗް 13 ވާ ހޮނިހިރު ދުވަހުގެ 10:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 2021 މާރޗް 14 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އިލެކްޝަންސް ކޮމިޝަން         (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

20 ރަޖަބު 1442

04 މާރޗް 2021