Election Commission of Maldives

ކ.ގުރައިދޫގެ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ވޯޓު ފޮށި ބެހެއްޓުމަށް އިޢުލާންކުރުން

01 މާޗް 2021, 07:00 އިއުލާން

ނަންބަރު:(IUL)38-CA/38/2021/79

 

 

 

އިޢުލާން

 

 

2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކ. ގުރައިދޫގެ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި

ވޯޓުފޮށްޓެއް ބެހެއްޓުމަށް ކޮމިޝަނުން ނިންމާފައިވާތީ، މިތަނުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.

ވޯޓުފޮށީގެ ނަންބަރު ވޯޓުފޮށީގެ ކޯޑު ވޯޓުފޮށީގެ ނަން ވޯޓުލާ ސަރަޙައްދު ވޯޓުފޮށި ބަހައްޓާ ރަށް/ތަން
H9.3 735 ކ. ގުރައިދޫ-3 މި ފޮށްޓަށް ވޯޓުލާނީ ކ. ގުރައިދޫގެ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ. ކ. ގުރައިދޫ / ކުރީގެ އޮފީސް އިމާރާތ

ވީމާ، އިސްވެ ބަޔާންކުރެވިފައިވާ ތަނުގައި ވޯޓުލުމަށް ބޭނުންވާ މީހުން، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި، ރަޖިސްޓަރީ ކުރުމަށް ހުޅުވާލާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުން އެދެމެވެ.

 

17 ރަޖަބް 1442

01 މާރިޗް 2021