Election Commission of Maldives

ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާ ޤައުމުތައް އިޢުލާންކުރުން

01 މާޗް 2021, 06:00 އިއުލާން

ނަންބަރު:(IUL)38-CA/38/2021/66

 

 

އިޢުލާން

 

 

މި ކޮމިޝަނުގެ ނަންބަރު (A)CA-2020/067 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

 

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ވޯޓުފޮށި ބެހެއްޓެން ނެތް ކަމަށް އަންގަވާފައިވާ ތިރީގައިވާ ޤައުމުތަކުގައި ވޯޓުފޮށި ނުބެހެއްޓުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

 

2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ވޯޓުފޮށި ނުބަހައްޓާ ރާއްޖެއިން ބޭރުގެ ޤައުމުތައް

 

# ފޮށި ނަންބަރު ޤައުމު ސިޓީ ވޯޓުފޮށީގެ ނަން
1 W2.1 މެލޭޝިއާ ކުއަލަލަމްޕޫރް މެލޭޝިއާ / ކުއަލަލަމްޕޫރް-1
W2.2 މެލޭޝިއާ / ކުއަލަލަމްޕޫރް-2
2 W4.1 އިނގިރޭސިވިލާތް ލަންޑަން އިނގިރޭސިވިލާތް /ލަންޑަން-1

 

އަދި ދަންނަވަމެވެ. އިސްވެ ބަޔާން ކުރެވުނު ޤައުމުތަކުގައި ވޯޓުލުމަށް ކުރިން ރަޖިސްޓަރީ ވެފައިވާ ރައްޔިތުން ވޯޓުލުމަށް މިހާރު ރަޖިސްޓަރީވެފައި އޮންނާނީ އެމީހަކު ރަށްވެހިވެފައިވާ ރަށެއްގައެވެ.

 

ވީމާ، އިސްވެ ބަޔާންކުރެވިފައިވާ ޤައުމު ތަކުގައި ދިރިއުޅޭ ދިވެހިރައްޔިތުން، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި، ރަޖިސްޓަރީ ކުރުމަށް ހުޅުވާލާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

17 ރަޖަބު 1442

1 މާރިޗު 2021