Election Commission of Maldives

ޝަކުވާ / މައްސަލަ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުމާގުޅޭ

01 މާޗް 2021, 12:15 އިއުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

ނަންބަރު: (IUL)38-DA/38/2021/77

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

ޝަކުވާ / މައްސަލަ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުމާގުޅޭ

 

        2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020" އާ ގުޅިގެން،

އިންތިޚާބުގެ ކަންތައްތައް ހިންގުމަށްޓަކައި ރަށު / އަވަށު / އަތޮޅު / ސިޓީގައި ހަރަކާތްތެރިވާނެ ފޯކަލް ޕޮއިންޓުންވަނީ ޢައްޔަނުކުރެވިފައެވެ. އެގޮތުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ގަވާއިދާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދާ ޚިލާފު އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވަތަ މި އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ ފޯކަލް ޕޮއިންޓުން މެދުވެރިކޮށް އެ ޝަކުވާއެއް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ.

        އިންތިޚާބާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ހުށަހަޅަންވާނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" އިންނެވެ.

ހުށަހެޅޭ ޝަކުވާ / މައްސަލަތައް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަންތަން

ޤައުމީ އިލެކްޝަންސް ކޮމްޕްލައިންޓްސް ބިއުރޯ

އިލެކްޝަންސް ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް

އަތޮޅު / ސިޓީ ކޮމްޕްލައިންޓްސް ބިއުރޯ އުފެއްދުމުގެ ކުރިން

ރަށު /  އަވަށު / އަތޮޅު / ސިޓީ ފޯކަލް ޕޮއިންޓަށް

އަތޮޅު / ސިޓީ ކޮމްޕްލައިންޓްސް ބިއުރޯ އުފެއްދުމުގެ ފަހުން

ރަށު /  އަވަށު / އަތޮޅު / ސިޓީ ފޯކަލް ޕޮއިންޓް ނުވަތަ އަތޮޅު / ސިޓީ ކޮމްޕްލައިންޓްސް ބިއުރޯ އަށް.

ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު ބަލައިގަންނާނެ ގަޑިތައް

ރަސްމީ ދުވަސްތަކުގައި

08:30 ން 15:00 އަށް

ހުކުރު ދުވަހު

15:00 ން 17:00 އަށް

ރަސްމީ ބަންދު ދުވަސްތަކުގައި

09:00 ން 15:00 އަށް

ވޯޓު ނަގާ ދުވަހު ( 10 އެޕްރީލް 2021)

ވޯޓުލާން ފަށާ ވަގުތުން ފެށިގެން ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާނުކުރުމާ ހަމައަށް.

 

 

        ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އަދި ރަށު / އަތޮޅު /  ސިޓީ ފޯކަލް ޕޮއިންޓުން ލިބޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

ޝަކުވާ/ މައްސަލަ ހުށަހަޅާ ފޯމު

17 ރަޖަބު 1442

01  މާރިޗު 2021