Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020- ކޮމިޝަންގެ ނަންބަރު: IUL)38-CA/38/2021/17) އިޢުލާނު ބާޠިލު ކޮށް، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް މިހާރު ތަރުތީބުކުރެވިފައިވާގޮތް ޢިއުލާންކުރުން

24 ފެބުރުއަރީ 2021, 08:00 އިއުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020

ނަންބަރު: (IUL)38-CA/38/2021/71

 

އިޢުލާން

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020

 

ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލާފައިވާ ކެނޑިޑޭޓު ތ.ކަނޑޫދޫ/ އުސްގެ، ޙަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަމަށް، ބަޔާންކޮށް، މި ކޮމިޝަނުން ކޮށްފައިވާ މި ކޮމިޝަންގެ ނަންބަރު: (IUL)38-CA/38/2021/17  އިޢުލާނު، ސުޕްރީމް ކޯޓުގެ

2021/SC-E/01 (23 ފެބުރުވަރީ 2021) ގެ ޙުކުމާއި ގުޅިގެން ބާޠިލު ކޮށްފީމެވެ. އެހެންކަމުން، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް، މިހާރު ތަރުތީބުކުރެވިފައިވާގޮތް ތިރީގައި މި ދަންނަވަނީއެވެ.

 

ކެނޑިޑޭޓު ނަންބަރު

ނަމާއި ދާއިމީ އެޑްރެސް

ކުރިމަތިލާފައިވާ ޙައިޘިއްޔަތު

ކެނޑިޑޭޓު ނަންބަރު 3

އަޙްމަދު ރީޙާން، ރީޙުއްޞަބާ / ތ. ކަނޑޫދޫ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

ކެނޑިޑޭޓު ނަންބަރު 4

ޙަސަން މޫސާ (ޙަސަން)، އުސްގެ / ތ. ކަނޑޫދޫ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް

 

 

މިގޮތަށް ނަންތައް ތަރުތީބުކުރުމާއި ގުޅިގެން، މި ކޮމިޝަންގެ ނަންބަރު: (IUL)38-CA/38/2021/50 އިޢުލާނު ބާޠިލުކުރެވިފައިވާކަމުގައި ދެންނެވީމެވެ.

 

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

 

12 ރަޖަބު 1442

24 ފެބުރުވަރީ 2021