Election Commission of Maldives

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން 2019 މާލެ ފިޔަވައި އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުން

15 ސެޕްޓެމްބަރު 2019, 12:00 އިއުލާން

                                                           ނަންބަރު: 480/IUL/2019/23

އިޢުލާން

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން 2019

މާލެ ފިޔަވައި އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުން

 

2019 ސެޕްޓެމްބަރ 28  ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގައި މާލެ ފިޔަވައި އެހެން ތަނަކަށް ވޯޓުލާން ބޭނުންވާނަމަ، އެތަނަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު 2019 ސެޕްޓެމްބަރ 15 ވާ އާދީއްތަ އިން 2019 ސެޕްޓެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން 2019 ގައި މާލެ ފިޔަވައި އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ، މި އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ މަރުކަޒު، އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާދުއްދީން) އިންނެވެ. މިފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް(www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ރަޖިސްޓަރީ ކުރުން އޮންނާނީ 2019 ސެޕްޓެމްބަރ 15 ވާ އާދީއްތަ އިން 2019 ސެޕްޓެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ ގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 03:00 އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

16 މުޙައްރަމް   1440

15 ސެޕްޓެމްބަރ 2019