އިލެކްޝަންސް ކޮމިޝަން ކަލަންޑަރު
«
ސެޕްޓެމްބަރ 2010
»
ހޯމަ އަން ބުދަ ބުރާ ހުކު ހޮނި އާދީ
    1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30
ސިޔާސީ ޕާޓީތަކާ ގުޅޭ
ރަޖިސްޓަރީ ޗެކު ކުރުން
އަވަސް ލިންކްތައް
އިލެކްޝަންސް ކޮމިޝަން
 
އިންތިޤާލީ މަރުޙަލާގެ މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަން:
  • 2008 އޯގަސްޓް 7 ގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ތަސްދީޤް ކުރެއްވުމާ ގުޅިގެން "ޤާނޫނު ނަންބަރު 2008/8" (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު)  2008 އޯގަސްޓް 25 ގައި ފާސްކޮށް ތަސްދީޤުކުރެވުމާ ގުޅިގެން މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަނެއް ހަމަ އެދުވަހު ވަނީ އުފައްދައިފައެވެ. މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ޤާއިމުކުރެވުނު މި އިދާރާ އަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތު ކުރުމުގެ ޙައިސިއްޔަތު ލިބިފައިވާ،  ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ.  މި އިދާރާ އަކީ ރާއްޖޭގައި ފުޅާވެގެން އަންނަ ޑިމޮކްރެޓިކް ވެށި ދުޅަހެޔޮގޮތުގައި ބައްޓަންކުރުމުގައި މައިގަނޑު ދައުރެއް އަދާކުރާނެ މުއައްސަސާ އެކެވެ. 
  • 2008 އޯގަސްޓް 25 ގައި އުފެއްދި މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަނަކީ ޤާނޫނުއަސާސީގެ 276 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ އިންތިޤާލީ އިލެކްޝަންސް ކޮމިޝަނަކެވެ. އިންތިޤާލީ އިލެކްޝަންސް ކޮމިޝަނުގެ ދައުރު ހަމަވާނީ ޤާނޫނު އަސާސީ ގެ 296 ވަނަ މާއްދާގައި ބުނެފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބު ބޭއްވި "ޤާނޫނު އަސާސީގެ މުސްތަޤިއްލު ކޮމިޝަންތަކާއި މަޤާމްތައް" މި ބާބުގައިވާ ފަދައިން އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އަލުން އަޢްޔަނކުރުމާ ހަމަޔަށެވެ.
  • ރާއްޖޭގެ ތާރީޚުގައި، މިނިވަންކަމާއެކު އެކިފަރާތްތަކުގެ ނުފޫޒުން އެއްކިބާވެ ހާމަކަންބޮޑު ގޮތެއްގައި ފުރަތަމަ ފަހަރަށް އެއް ކެންޑިޑޭޓުންނަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރި 2008 ގެ ރިޔާސީ އިންތިޚާބު ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބަލައިގަންނަ ފެންވަރަކަށް އިންތިޤާލީ އިލެކްޝަންސް ކޮމިޝަނުން ވަނީ  ބާއްވާފައެވެ.
  • އިންތިޤާލީ މަރުޙަލާގެ އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ޢައްޔަނު ކުރައްވާފައިވަނީ 2008 ސެޕްޓެމްބަރު 6 ވަނަ ދުވަހު އެވެ.
  • އިލެކްޝަންސް ކޮމިޝަން އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. އިންތިޤާލީ މަރުހަލާގައި މެންބަރުން އައްޔަން ކުރެވިފައިވަނީ ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ނަންތަކުގެ ތެރެއިން މަޖިލިހަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ހޮވުނު 5 މެންބަރުންނެވެ.


 
  1. އަލްފާޟިލް މުޙަންމަދު އިބްރާހީމް          ރައީސް (2008 ސެޕްޓެމބަރ 6 ވަނަ ދުވަހުން ފެށިގެން 2009 ސެޕްޓެމްބަރ 14 ވަނަ ދުވަހާއި ހަމައަށް ޚިދުމަތް ކުރައްވާފައި)
  2. އަލްފާޟިލް އަޙްމަދު ޝާހިދު         ނާއިބު ރައީސް (2008 ސެޕްޓެމްބަރ 6 ވަނަ ދުވަހުން ފެށިގެން 2009 މާޗް 5 ވަނަ ދުވަހާއި ހަމައަށް ޚިދުމަތް ކުރައްވާފައި)
  3. އަލްފާޟިލް ފުވާދު ތަޢުފީޤް          ރައީސް (2008 ސެޕްޓެމްބަރުން ފެށިގްނެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނަވައި، 2009 ސެޕްޓެމްބަރ 15 ވަނަ ދުވަހު ކޮމިޝަނުގެ ރައީސް ކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައި) 
  4. އަލްފާޟިލް މުޙަންމަދު މާހިރު             މެންބަރު 
  5. އަލްފާޟިލް ޢަލީ ފާއިޒު            މެންބަރު (2008 ސެޕްޓެމބަރ 6 ވަނަ ދުވަހުން ފެށިގެން 2008 ޑިސެމްބަރ 22 ވަނަ ދުވަހާއި ހަމައަށް ޚިދުމަތް ކުރައްވާފައި)
  6. އަލްއުސްތާޛު ޙުސައިން ސިރާޖު       ނާއިބު ރައީސް (2009 މާޗް 25 ވަނަ ދުވަހު މަޤާމާ ޙަވާލުވެ ވަޑައިގެންފި)
  7. އަލްފާޟިލް ޙަސަން ޝާޙް          މެންބަރު (2009 އޭޕްރީލް 23 ވަނަ ދުވަހު މަޤާމާ ޙަވާލުވެ ވަޑައިގެންނެވި)
 
 
އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުތައް:
އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ޛިންމާތަކާއި ބާރުތައް ބަޔާންކުރެވިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 170 ވަނަ މާއްދާ އާއި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު ގައެވެ. ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޛިންމާތަކުގެ ތެރޭގައި ހިމެނެނީ:
  • އިންޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛
  • ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކޮށް ބެލެހެއްޓުމާއި، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަމުން ގެންދިޔުން؛
  • އިންތިޚާބުތަކުގެ ވޯޓު ނެގުމާއި ވޯޓުގެ ނަތީޖާ އިޢުލާނުކުރުން؛
  • އިންތިޚާބީ ދާއިރާތަކުގެ ނަންތަކާއި، އިންތައް ކަނޑައަޅައި، ވަކިކޮށް، އެކަންކަމަށް ބަދަލުގެނެސް، މުރާޖަޢާ ކުރަމުން ގެންދިޔުމާއި، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަމުން ގެންދިޔުން؛
  • ސިޔާސީ ޕާޓީތައް ރަޖިސްޓަރީކުރުމާއި، ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން ކޮމިޝަނުން ކުރަންޖެހޭ ކަމަށް ޤާނޫނުން ކަނޑައަޅައިފައިވާ ކަންކަން ކުރުން؛
  • ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމްތައް ހިންގުމާއި، ރައްޔިތުން ހޭލުންތެރިކުރުވުން؛
  • ކޮމިޝަނުގެ މުވައްޒަފުންނާއި، އިންތިޚާބީ އޮފިޝަލުން ތަމްރީނުކުރުން؛
  • އޮބްޒާވަރުން އެކްރެޑިޓްކުރުން؛
  • ވޯޓުފޮށި ބަހައްޓާނެ ތަންތަން ކަނޑައެޅުން؛
  • ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުންނަށް ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސައި ޤާއިމްކުރުން؛
  • އިންތިޚާބީ ރިޕޯޓު ޢާންމުކޮށް ޝާއިޢުކުރުން މި އެވެ.
 
 
 

 

 
ސިޔާސީގޮތުން ހިންގޭ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ކޮރަޕްޝަނުން މުޖުތަމަޢު ސަލާމަތްކުރޭ! އެއީ ތިމާގެ ދުނިޔެ.
 
ޚިޔާލު ފޮނުވުން
ނަން

ފުރިހަމައެއް ނުން
އީމެއިލް

ފުރިހަމައެއް ނުން

ފުރިހަމައެއް ނުން
ޚިޔާލު

ފުރިހަމައެއް ނުން
 
Get Adobe Reader
Get Fonts