|
ސިޔާސީ ޕާޓީތަކާއި މިކޮމިޝަނާ ދެމެދު ބާއްވަމުން ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ނުވަ ވަނަ ބައްދަލުވުން މިއަދު (2010 ފެބްރުއަރީ 21 ވީ އާދިއްތަ ދުވަހު) މިކޮމިޝަނުގެ ޖަލްސާކުރާ މާލަމުގައި ވަނީ ބޭއްވިފައެވެ. މިގޮތުން މިއަދު ބައްދަލުކުރީ މޯލްޑިވިއަން ނެޝަނަލް ކޮންގްރެސްގެ ބޭފުޅުންނާއެވެ. މިސިލްސިލާގެ ދަށުން މާދަމާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޢަދާލަތު ޕާޓީއާއެވެ.
މިބައްދަލުވުންތަކުގެ މަޤްޞަދަކީ ސިޔާސީ ޕާޓީތައް ހިންގުމުގައި ޕާޓީތަކަށް ދިމާވާ ދަތިތަކާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ، ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނާ ގުޅިގެން ޤައުމަށް އެންމެ ފައިދާބޮޑު ގޮތަކަށް ސިޔާސީޕާޓީތަކަށް ޙަރަކާތްތެރިވެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަތުމެވެ. މި ސިލްސިލާ ބައްދަލުވުންތައް 24 ފެބްރުއަރީއާ ހަމަޔަށް ދެމިގެންދާނެއެވެ.
|