އިލެކްޝަންސް ކޮމިޝަން ކަލަންޑަރު
«
ސެޕްޓެމްބަރ 2010
»
ހޯމަ އަން ބުދަ ބުރާ ހުކު ހޮނި އާދީ
    1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30
ސިޔާސީ ޕާޓީތަކާ ގުޅޭ
ރަޖިސްޓަރީ ޗެކު ކުރުން
އަވަސް ލިންކްތައް
ސިޔާސީ ޕާޓީތަކާއި މިކޮމިޝަނާ ދެމެދު ބާއްވަމުން ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ އަށް ވަނަ ބައްދަލުވުން މިއަދު ބާއްވައިފި
18-02-2010
 
ސިޔާސީ ޕާޓީތަކާއި މިކޮމިޝަނާ ދެމެދު ބާއްވަމުން ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ އަށް ވަނަ ބައްދަލުވުން މިއަދު (2010 ފެބްރުއަރީ 18 ވީ ބުރާސްފަތި ދުވަހު) މިކޮމިޝަނުގެ ޖަލްސާކުރާ މާލަމުގައި ވަނީ ބޭއްވިފައެވެ. މިގޮތުން މިއަދު ބައްދަލުކުރީ ދިވެހިރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅުންނާއެވެ. ފެބްރުއަރީ 7 ވަނަ ދުވަހު ފެށި މިސިލްސިލާގެ ދަށުން މިހާހިސާބަށް ޤައުމީ އިއްތިހާދާއި، ޖުމްހޫރީ ޕާޓީއާއި، މޯލްޑިވިއަން ލޭބަރ ޕާޓީއާއި، ޕީޕަލްސް ޕާޓީއާއި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި، ދިވެހިރައްޔިތުންގެ ޕާޓީއާއި އަދި ޕީޕަލްސް އެލަޔަންސްއާ ވަނީ ބައްދަލުކުރެވިފައެވެ. މިސިލްސިލާގެ ދަށުން ދެން ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހުއެވެ. އެދުވަހު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން ނެޝަނަލް ކޮންގްރެސްއާއެވެ.
މިބައްދަލުވުންތަކުގެ މަޤްޞަދަކީ ސިޔާސީ ޕާޓީތައް ހިންގުމުގައި ޕާޓީތަކަށް ދިމާވާ ދަތިތަކާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ، ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނާ ގުޅިގެން ޤައުމަށް އެންމެ ފައިދާބޮޑު ގޮތަކަށް ސިޔާސީޕާޓީތަކަށް ޙަރަކާތްތެރިވެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަތުމެވެ. މި ސިލްސިލާ ބައްދަލުވުންތައް 24 ފެބްރުއަރީއާ ހަމަޔަށް ދެމިގެންދާނެއެވެ.

 

ފަހުގެ ޚަބަރު
 
ފަސާދަވެފައިވާ ސިޔާސީ ފަރާތްތައް އެކަހެރިކޮށްގެން، ތިމާއަށް ކޮރަޕްޝަން ހުއްޓުވިދާނެ.
 
ޚިޔާލު ފޮނުވުން
ނަން

ފުރިހަމައެއް ނުން
އީމެއިލް

ފުރިހަމައެއް ނުން

ފުރިހަމައެއް ނުން
ޚިޔާލު

ފުރިހަމައެއް ނުން
 
Get Adobe Reader
Get Fonts