|
ސިޔާސީ ޕާޓީތަކާއި މިކޮމިޝަނާ ދެމެދު ބާއްވަމުން ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ދިމާވި ކުއްލި ސަބަބަކާހުރެ މިއަދުގެ (2010 ފެބްރުއަރީ 17، ބުދަ ދުވަހުގެ) ބައްދަލުވުން އެހެން ދުވަހެއްގައި ބާއްވާ ގޮތަށް ވަނީ ފަސްކުރެވިފައެވެ. މިއަދު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ސޯޝަލް ލިބަރަލް ޕާޓީއާއެވެ. މާދަމާ މިސިލްސިލާގެދަށުން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީއާއެވެ.
މިބައްދަލުވުންތަކުގެ މަޤްޞަދަކީ ސިޔާސީ ޕާޓީތައް ހިންގުމުގައި ޕާޓީތަކަށް ދިމާވާ ދަތިތަކާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ، ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނާ ގުޅިގެން ޤައުމަށް އެންމެ ފައިދާބޮޑު ގޮތަކަށް ސިޔާސީޕާޓީތަކަށް ޙަރަކާތްތެރިވެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަތުމެވެ. މި ސިލްސިލާ ބައްދަލުވުންތައް 24 ފެބްރުއަރީއާ ހަމަޔަށް ދެމިގެންދާނެއެވެ.
|