|
ސިޔާސީ ޕާޓީތަކާއި މިކޮމިޝަނާ ދެމެދު ބާއްވަމުން ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ 4 ވަނަ ބައްދަލުވުން މިއަދު މިކޮމިޝަނުގެ ޖަލްސާކުރާ މާލަމުގައި ވަނީ ބޭއްވިފައެވެ. މިގޮތުން މިއަދު ބައްދަލުކުރީ ޕީޕަލްސް ޕާޓީގެ ބޭފުޅުންނާއެވެ. އަދި މާދަމާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއެވެ.
މިބައްދަލުވުންތަކުގެ މަޤްޞަދަކި ސިޔާސީ ޕާޓީތައް ހިންގުމުގައި ޕާޓީތަކަށް ދިމާވާ ދަތިތަކާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ، ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނާ ގުޅިގެން ޤައުމަށް އެންމެ ފައިދާބޮޑު ގޮތަކަށް ސިޔާސީޕާޓީތަކަށް ޙަރަކާތްތެރިވެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަތުމެވެ. މި ސިލްސިލާ ބައްދަލުވުންތައް 24 ފެބްރުއަރީއާ ހަމަޔަށް ދެމިގެންދާނެއެވެ.
|