އިލެކްޝަންސް ކޮމިޝަން ކަލަންޑަރު
«
ސެޕްޓެމްބަރ 2010
»
ހޯމަ އަން ބުދަ ބުރާ ހުކު ހޮނި އާދީ
    1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30
ސިޔާސީ ޕާޓީތަކާ ގުޅޭ
ރަޖިސްޓަރީ ޗެކު ކުރުން
އަވަސް ލިންކްތައް
2010 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރެއްވުމަށް ކަނޑައެޅުއްވި ފައިސާ ޕާޓީތަކަށް ދޫކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީ އަށް މިއަދު ފޮނުވައިފި.
10-01-2010
 
މިއަހަރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރެއްވުމަށް ކަނޑައަޅުއްވާފައިވާ 12,762,119.00 (ބާރަ މިލިއަން ހަތްސަތޭކަ ފަސްދޮޅަސް ދެ ހާސް އެއްސަތޭކަ ނަވާރަ ރުފިޔާ) ސިޔާސީ ޕާޓީތަކަށް ދޫކުރުމަށްޓަކައި ސިޔާސީ ޕާޓީތަކަށް ޖެހޭ ފައިސާގެ ޢަދަދުތަކުގެ ތަފްޞީލުތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް މިއަދު ވަނީ ފޮނުވިފައެވެ.
" ސިޔާސީ ޕާޓީގެ ގަވާއިދު 2005 " ގެ 23 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިއަހަރު ސިޔާސީ ޕާޓީތަކަށް ސަރުކާރުގެ ބަޖެޓުން ދޫކުރެއްވުމަށް ކަނޑައެޅުއްވި ފައިސާގެ ސާޅީސްއިންސައްތަ ރަޖިސްޓަރީ ކުރެވިފައިވާ ސިޔާސީ ތޭރަ ޕާޓީއަށް ހަމައަށް ބެހުމަށްފަހު ބާކީ ފަސްދޮޅަސްއިންސައްތަ، ބަހާފައިވަނީ 2010 ވަނަ އަހަރަށް ލަފާކުރެއްވި ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސް ކުރެއްވި ތާރީޚް 2009 ޑިސެމްބަރ 24 ގައި، އެޕާޓީއެއްގައި މެންބަރުންތިބި ޢަދަދުގެ ނިސްބަތުންނެވެ.
ޕާޓީތަކަށް ފައިސާ ދޫކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ގޮތަށްބަލާއިރު، ޕާޓީއަކަށްޖެހޭ ޖުމްލަ ޢަދަދާއި، ފައިސާ ބަހާފައިވާގޮތަށް ބަލާއިރު، ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ފައިސާގެ %40 ކަމުގައިވާ 5,104,847.60 ރުފިޔާ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ 13 ޕާޓީއަށް ބެހުމުން ޕާޓީއަކަށް ޖެހެނީ 392,680.585 ރުފިޔާއެވެ. އަދި ބާކީ 60% އަށް ވާ 7,657,271.40 ރުފިޔާ ރައްޔިތުންގެ މަޖިލީހުން 2010 ވަނަ އަހަރުގެ ބަޖެޓް ފާސްކުރިއިރު ޕާޓީތަކުގައި ތިބި މެނަބރުންގެ ނިސްބަތުން ބެހުމުން ލިބޭ އަދަދާއި، ތަފްސީލު މިދަންނަވަނީއެވެ.

• ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގައި ތިބި 29,476 މެންބަރުންނަށް 2,256,154.860 ރުފިޔާ، ޖުމްލަ 2,648,835.44 ރުފިޔާ،
• ދިވެހި ރައްޔިތުންގެ ޕާޓީ ގައި ތިބި 6,078 މެންބަރުންނަށް 30,132 މެންބަރުންނަށް 2,306,366.470 ރުފިޔާ، ޖުމްލަ 2,699,047.06 ރުފިޔާ،
• ޢަދާލަތު ޕާޓީ ގައި ތިބި 6,078 މެންބަރުންނަށް 465,222.867 ޖުމްލަ 857,903.45 ރުފިޔާ،
• އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ ގައި ތިބި 5,445 މެންބަރުންގެ ނިސްބަތުން އެޕާޓީއަށް ލިބޭ 416,771.719 ރުފިޔާއެކު ޖުމްލަ 809,452.30 ރުފިޔާ،
• ދިވެހިރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ ގައި ތިބި 2,944 މެންބަރުންގެ ނިސްބަތުން އެޕާޓީއަށް ލިބޭ 225,339.934 ރުފިޔާއެކު ޖުމްލަ 618,020.52 ރުފިޔާ،
• ސޯޝަލް ލިބަރަލް ޕާޓީ ގައި ތިބި 988 މެންބަރުންގެ ނިސްބަތުން އެޕާޓީއަށް ލިބޭ 75,623.592 ރުފިޔާއެކު ޖުމްލަ 468,304.18 ރުފިޔާ،
• ޕީޕަލްސް ޕާޓީ ގައި ތިބި 2,403 މެންބަރުންގެ ނިސްބަތުން އެޕާޓީއަށް ލިބޭ 183,930.659 ރުފިޔާއެކު ޖުމްލަ 576,611.24 ރުފިޔާ،
• މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް ގައި ތިބި 2,340 މެންބަރުންގެ ނިސްބަތުން އެޕާޓީއަށް ލިބޭ 179,108.507 ރުފިޔާއެކު ޖުމްލަ 571,789.09 ރުފިޔާ،
• ޕީޕަލްސް އެލަޔަންސް ގައި ތިބި 3,173 މެންބަރުންގެ ނިސްބަތުން އެޕާޓީއަށް ލިބޭ 242,868.074 ރުފިޔާއެކު ޖުމްލަ 635,548.66 ރުފިޔާ،
• ޖުމްހޫރީ ޕާޓީ ގައި ތިބި 7,779 މެންބަރުންގެ ނިސްބަތުން އެޕާޓީއަށް ލިބޭ 595,420.974 ރުފިޔާއެކު ޖުމްލަ 988,101.56 ރުފިޔާ،
• މޯލްޑިވިއަން ލޭބަރ ޕާޓީ ގައި ތިބި 2,023 މެންބަރުންގެ ނިސްބަތުން އެޕާޓީއަށް ލިބޭ 154,844.663 ރުފިޔާއެކު ޖުމްލަ 547,525.25 ރުފިޔާ،
• ޤައުމީ އިއްތިޙާދު ގައި ތިބި 3,726 މެންބަރުންގެ ނިސްބަތުން އެޕާޓީއަށް ލިބޭ 285,195.854 ރުފިޔާއެކު ޖުމްލަ 677,876.44 ރުފިޔާ،
• ދިވެހި ޤައުމީ ޕާޓީ ގައި ތިބި 3,533 މެންބަރުންގެ ނިސްބަތުން އެޕާޓީއަށް ލިބޭ 270,423.229 ރުފިޔާއެކު ޖުމްލަ 663,103.81 ރުފިޔާ، އެވެ.

 

ފަހުގެ ޚަބަރު
 
ސިޔާސީގޮތުން ހިންގޭ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ކޮރަޕްޝަނުން މުޖުތަމަޢު ސަލާމަތްކުރޭ! އެއީ ތިމާގެ ދުނިޔެ.
 
ޚިޔާލު ފޮނުވުން
ނަން

ފުރިހަމައެއް ނުން
އީމެއިލް

ފުރިހަމައެއް ނުން

ފުރިހަމައެއް ނުން
ޚިޔާލު

ފުރިހަމައެއް ނުން
 
Get Adobe Reader
Get Fonts