އިލެކްޝަންސް ކޮމިޝަން ކަލަންޑަރު
«
ސެޕްޓެމްބަރ 2010
»
ހޯމަ އަން ބުދަ ބުރާ ހުކު ހޮނި އާދީ
    1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30
ސިޔާސީ ޕާޓީތަކާ ގުޅޭ
ރަޖިސްޓަރީ ޗެކު ކުރުން
އަވަސް ލިންކްތައް
އޯޑިޓް ރިޕޯޓް ފުރިހަމަ ނުވާތީ 9 ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފި.
09-12-2009
 
2008 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓު ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ އޯޑިޓް ރިޕޯޓްތަކަކީ ސިޔާސީ ޕާޓީގެ ގަވާއިދު 2005 ގެ 29 ވަނަ މާއްދާގައި ބުނެފައިވާގޮތުގެ މަތިން ހުށަހަޅާފައިވާ އޯޑިޓް ރިޕޯޓެއްކަމަށް ބަލައިގަނެވެން ނެތުމުން، "ސިޔާސީ ޕާޓީގެ ގަވާއިދު 2005" ގެ 31 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕީޕަލްސް ޕާޓީއާއި ދިވެހިރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީއާއި ދިވެހި ރައްޔިތުންގެ ޕާޓީއާއި ޢަދާލަތު ޕާޓީއާއި ޤައުމީ އިއްތިހާދާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި މި ހަތް ޕާޓީން ކުރެ ކޮންމެ ޕާޓީއެއް 20,000/- (ވިހިހާސް) ރުފިޔާއިން ޖޫރިމަނާކޮށް އިސްލާމިކް ޑިމޮކްރެޓިކް ޕާޓީއާއި މޯލްޑިވިއަން ނެޝެނަލް ކޮންގްރެސްއާއި މި ދެ ޕާޓީން ކުރެ ކޮންމެ ޕާޓީއެއް 30,000/- (ތިރީސްހާސް) ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި އެ ފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ދެއްކެވުމަށްވެސް މި 9 ޕާޓީއަށް މިއަދު އަންގާފައިވާ ކަމަށް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
"ސިޔާސީ ޕާޓީގެ ގަވާއިދު2005" ގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ ނިމުނު އަހަރުގެ ތެރޭގައި ޕާޓީއަށް ލިބުނު ފައިސާއާއި ތަކެތީގެ އަދަދާއި، އެ ފައިސާއާއި ތަކެތި ލިބުނު ތަނަކާއި، އެ ފައިސާއާއި ތަކެތި ލިބުނު ގޮތަކާއި، ފައިސާ ޚަރަދު ކުރެވުނު އަދަދާއި، ޚަރަދު ކުރެވުނު ގޮތުގެ ތަފްޞީލާއި މަޤްޞަދު ހިމެނޭ އޯޑިޓް ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ.
މީގެ ކުރިންވެސް ކޮމިޝަނުން ވަނީ އޯޑިޓް ރިޕޯޓް ހުށައަޅާފައިނުވާ ތިން ޕާޓީއެއް ޖޫރިމަނާ ކޮށްފައެވެ. އަދި ޖޫރިމަނާ ކުރެވުނު ޕާޓީތަކުގެ ތެރެއިން މިހާތަނަށް ޖޫރިމަނާ ފައިސާ ދައްކާފައިވަނީ ހަމައެކަނި ޕީޕަލްސް އެލަޔަންސްއިން ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

 

ފަހުގެ ޚަބަރު
 
ސިޔާސީގޮތުން ހިންގޭ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ކޮރަޕްޝަނުން މުޖުތަމަޢު ސަލާމަތްކުރޭ! އެއީ ތިމާގެ ދުނިޔެ.
 
ޚިޔާލު ފޮނުވުން
ނަން

ފުރިހަމައެއް ނުން
އީމެއިލް

ފުރިހަމައެއް ނުން

ފުރިހަމައެއް ނުން
ޚިޔާލު

ފުރިހަމައެއް ނުން
 
Get Adobe Reader
Get Fonts