|
"މުތަގައްދިމު ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށްޓަކައި ބޭނުންވެ ލައްވާ ސޮއި ހޯއްދެވުމަށާއި، ކުރައްވަންޖެހިވަޑައިގަންނަވާ އެހެނިހެން ކަންތައްތައް ކުރެއްވުމަށް 2008 އޯގަސްޓް 14 ވީ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދީފައިވާ ހުއްދަ 2009 ސެޕްޓެމްބަރ 25 ވީ ހުކުރު ދުވަހު ބާޠިލްކޮށްފިއެވެ.
"މުތަގައްދިމު ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށްޓަކައި ދީފައިވާ ހުއްދަ ބާޠިލކޮށްފައިވަނީ "ސިޔާސީ ޕާޓީގެ ގަވާއިދު 2005 " ގެ 7 ވަނަ މާއްދާގައިވާގޮތުގެ މަތިން ސިޔާސީ ޕާޓިއެއް އުފެއްދެވުމަށްޓަކައި 3000 މީހުންގެ ސޮއި ހުށަހެޅުއްވުމަށް އެރުވިފައިވާ 9 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި 3000 މީހުންގެ ސޮއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފައި ނުވާތީއެވެ.
|