ތަޢާރަފް

ކޮމިޝަނަރ އޮފް އިލެކްޝަންސްގެ މަސައްކަތްތައް

1-

ދިވެހިރާއްޖާގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނުނުގައި ބުނެފައިވާ ގޮތުގެ މަތިން ތިރީގައިމިވާ ކަންތައްތައްކުރުމުގައި ކޮމިޝަނަރ އޮފް އިލެކްޝަންސަށް އެހީތެރިވެދިނުމާއި، އެކަންތައްތަކާ ގުޅިގެން ކޮމިޝަނަރ އޮފް އިލެކްޝަންސް އަންގާ ކަންތައްތައް ކުރުން
 

ހ-

  ރާއްޖޭގައި ޤާނޫނީގޮތުން އިންތިޚާބުތަކުގައި ވޯޓުދިނުމުގެ އުމުރުހަމަވާ މީހުންގެ އިންތިޚާބީ ރަޖިސްޓަރީ ތައްޔާރުކުރުމާއި، ބެލެހެއްޓުން
ށ-   ރިޔާސީ އިންތިޚާބުގައި، ޤާނޫނުގައިވާ ގޮތުގެމައިން ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 34 ވަނަ މާއްދާގައި ބުނާ ސިފަތައް ފުރިހަމަވާ މީހުން ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހެޅުމާއި، އެ ނަންތައް އާންމުކޮށް އިޢްލާނުކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުން
     
ނ-   ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ އާންމު ސިއްރުވޯޓު ނެގުން ބާއްވާނެ ތާރީޚު އިޢްލާނުކުރުމާއި، ރައްޔިތުންގެ އާންމު ވޯޓުނެގުމާއި، އަދި ވޯޓުގެ ނަީތޖާ އިޢްލާނުކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުން
     
ރ-   ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލުމަށް އިޢްލާނުކުރުމާއި، އަދި ކެންޑިޑޭޓުންގެ ނަން އިޢްލާނުކުރުމާއި، ވޯޓުނަގާދުވަހާއި، ގަޑިއާއި، ވޯޓުފޮށި ބަހައްޓާތަންތަން އިޢްލާންކުރުމާއި، އަދި ވޯޓުގެ ނަތީޖާ އިޢްލާނު ކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުން
     
ބ-   ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރަން ޖެހިއްޖެނަމަ، އެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލުމަށް އިޢްލާނުކުރުމާއަދި ކެންޑިޑޭޓުންގެ ނަން އިޢްލާނުކުރުމާއި، ވޯޓުނަގާ ދުވަހާއި، ގަޑިއަކާއި، ވޯޓުފޮށި ބަހައްޓާ ތަންތަން އިއްލާނުކުރުމާއި އަދި ވޯޓުގެ ނަތީޖާ އިޢްލާނު ކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުން
     
ޅ-   ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސައިފިނަމަ އެ ވޯޓު ނެގުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން
 
2- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނެފައިވާ އިންތިޚާބުތަކުގެ އިތުރުން، ސަރުކާރުގެ އެކިއެކި ބޭނުމަށް ބާއްވާ އިންތިޚާބުތަކުގެ ތެރެއިން، ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީސް މެދުވެރިވެ އެ އިންތިޚާބެއް ބާއްވަން ކަނޑައެޅޭ އިންތިޚާބުތަކުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން
   
3-

 

ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގުމަށްޓަކައި ކަނޑައަޅާ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ކުރުން
   
4- ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން
 

© Copyright 2005, Office of the Commissioner of Elections
Republic of Maldives