Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުން އަމާން އޮމާންކަމާއެކު ކުރިއަށް

20 މެއި 2017, 12:00 ޚަބަރު

ނަންބަރު:34/NR)BA-2017)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުން އަމާން އޮމާންކަމާއެކު ކުރިއަށް


 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ ށ. ކޮމަންޑޫ އަދި ތ. މަޑިފުށި ކައުންސިލްގެ ދެވަނަ ބުރުގެ ވޯޓުލުން އަމާން އޮމާންކަމާއެކު ފެށިގެން ކުރިއަށް އެބަދެއެވެ.

މި ދެ ކައުންސިލްގެ ދެވަނަ ބުރުގެ ވޯޓުލުން މާލެއާއި ށ.ކޮމަންޑޫ އަދި ތ.މަޑިފުށީގައިވެސް ހެނދުނު 08:00 އިން ފެށިގެން ކުރިއަށްދާއިރު، ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 04:00 އާއި ހަމައަށެވެ. އަދި ވޯޓު ގުނުމަށް ހަމަޖެހިފައިވަނީ ވޯޓުފޮށި ބަންދުކުރާތާ ތިރީސް މިނެޓު ފަހުންނެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ކަންކަން މާލެއާއި އަތޮޅު ތެރޭގައިވެސް އަމާން އޮމާންކަމާއެކު ކުރިއަށްދާއިރު، ވޯޓުލުމުގެ ކަންކަން އޮބްޒަރވް ކުރެއްވުމަށް، ށ.ކޮމަންޑޫގައި ކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުޞްޠަފާ ވަޑައިގެން ހުންނެވިއިރު، ތ.މަޑިފުށީގައި ވަޑައިގެން ހުންނެވީ ކޮމިޝަނުގެ މެންބަރ އަޙްމަދު އަކްރަމްއެވެ.

ށ.ކޮމަންޑޫ ކައުންސިލްގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގައި 2 ކެންޑިޑޭޓުން ވާދަކުރާއިރު ތ.މަޑިފުށީ ކައުންސިލްގެ އިންތިޚާބުގެ އިތުރު ބުރުގައި ވާދަކުރަނީ 4 ކެންޑިޑޭޓުންނެވެ.

20 މެއި 2017